އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ ބަންދަށް އިތުރު 7 ދުވަސް ޖަހައިފިއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއިއެކު އެއްޖިންސުން ގުޅުން ހިންގި ވީޑިއޯއެއްގެ މައްސަލާގައި ނާޒިމް ހައްޔަރު ކޮށްފައި ވަނީ މިދިޔަ މަހު 28 ގައި އއ. އަތޮޅުގެ ރިސޯޓެއްގައި ހުއްޓައެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން 7 ދުވަހުގެ މުއްދަތެއް ޖެހުމުން އޭނާ ހުރީ އޭރުއްސުރެ ބަންދުގައެވެ.

ބަންދު ކުރި މުއްދަތު ހަމަވާތީ އަލުން ކްރިމިނަލް ކޯޓަށް ނާޒިމް ގެންދިއުމުން އިތުރު 7 ދުވަސް މިހާރުވަނީ ޖަހައިދީފައެވެ.

ނާޒިމަށްކުރާ އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތަށް އޭނާ އިންކާރު ކުރެއެވެ. އަދި އެ މައްސަލާގައި ރައީސް ނަޝީދު ވެސް ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން