ބަންގްލަދޭޝްގެ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގި ފުލުސް މީހާ، އަބްދުއްރަހްމާން ރަފީއު (ދޮންދިގު) އެއް އަހަރާއި ދެ މަހަށް ޖަލަށް ލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އެ ހުކުމް އިސްތިއުނާފް ކުރަން ނިންމީ އަދަބު ކަނޑައެޅި ގޮތާމެދު ހިތްހަމަ ނުޖެހޭތީ ކަމަށެވެ. މި މައްސަލާގައި ދައުލަތުން އަބްދުއްރަހްމާން ރަފީއުގެ މައްޗަށް އަސާސީ އަދަބެއްގެ ގޮތުން ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް އެދުނު ނަމަވެސް ކްރިމިނަލް ކޯޓުން އިއްވީ އެއް އަހަރާއި ދެ މަހުގެ ޖަލުގެ ހުކުމެކެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި ކުރިން މަސައްކަތްކުރި ދޮންދިގު އަލަމްގީރާ އެކީ ގުޅުން ހިންގި ކަމަށް ކްރިމިނަލް ކޯޓްގައި ވަނީ އިއުތިރާފްވެފައެވެެ. އެހެންވެ އޭނާގެ މައްޗަށް އުފުލި އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާގެ ހުކުމް މިއަދު އިއްވާފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެެވެ. ރަފީއު ވަނީ އޭނާގެ ކުށައް އިއުތިރާފްވެ ރައްޔިތުންގެ ކިބައިން މާފަށް އެދިފައެވެ.

އަލަމްގީރާއެކު ގުޅުން ހިންގި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހަށް ގޭބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެެ.

އަލަމްގީރާ ގުޅުން ހިންގި މައްސަލާގައި ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދު ގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާކޮށްފައެވެެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން