މާލޭގެ އެޕާޓްމެންޓަކުން ކުނި ނެގުމަށް ވަނުމަށްފަހު އެޕާޓްމަންޓް ކައިރިއަށް ބޮޑުކަމުދިޔަ މައްސަލައިގައި ވެމްކޯގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.

އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކުންފުނީގެ މުވައްޒަފަކު އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު އަމަލެއް ހިންގާފައިވާކަން އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި އެއީ އެ ކުންފުނިން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއް ނޫންކަމަށް ބުނެ އެކަން ހިނގިކަމަށްޓަކައި އާންމުންގެ ކިބައިން ކުންފުނިން ވަނީ މައާފަށް އެދިފައެވެ.

ވެމްކޯއިން ބުނީ އެ މުވައްޒަފާއި މެދު މިހާރުވާނީ ފިޔަވަޅު އަޅާފައި ކަމަށާއި އަދި ކުރިއަށް އޮތްތާނގައި ވެސް މިފަދަކަމެއް ތަކުރާރު ނުވާނޭގޮތަށް ކަންކަން ބައްޓަން ކުރާނެކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަނީ ވެމްކޯ ޔުނީފޯމުގައި ހުރި މީހަކު ކުނި ނަގަން ގެއަކަށް ވަދެ ބޮޑު ކަމުދިޔުމަށްފަހު ކުނި ހިފައިގެން ލިފްޓަށް އަރާ މަންޒަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން