ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހުޅުމާލޭގައި ކަސްޓަމަރ ސާވިސްގެ ހިދުމަތްތައް ދެމުންގެންދާ އޮފީސް އިމާރާތް އެހެން ތަނަކަށް ބަދަލުވެފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދުބުނީ، އެ ކުންފުނިން ކަސްޓަމަރ ސާވިސް ހިދުމަތް ފޯރުކޮށްދެމުންދިޔަ އޮފީސް، އެޗްޑީސީ ބިލްޑިންގ އިން ހުޅުމާލެ އެޕޯލޯ ޓަވަރަށް ބަދަލު ކޮށްފައިވާކަމަށެވެ.
އަދި އެހެންކަމުން ކުރިން އެޗްޑީސީ ބިލްޑިންގ އިން ދެމުން ގެންދިޔަ ހުރިހާ ހިދުމަތެއް ދެން ލިބެމުންދާނީ އެޕޯލޯ ބިލްޑިންގައި ހުންނަ ކަސްޓަމަރ ސާވިސް އޮފީހުން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ރާއްޖޭގެ އެންމެ ގިނަ މީހުން އުޅޭ މާލެ ސަރަހައްދުގެ ކަރަންޓުގެ ކަންކަން ސްޓެލްކޯއިން ކުރިއަށް ގެންދަވާއިރު އެ ކުންފުނިން ގެންދަނީ ކުންފުނިން ދޭ ހިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ދާދިފަހުން އެ ކުންފުނީގެ އެމްޑީ އަޙްމަދު ޝަރީފް ވިދާޅުވެފައިވާ ފަދައިން ކުންފުނީގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށްދެކި ރައްޔިތުންނަށް ފަސޭހަވާނެ އެކިކަންކަން އެ ކުންފުނިން މިހާރު ދަނީ ޤާއިމް ކުރަމުންނެވެ.

ކަސްޓަމަރުންގެ ސަމާލުކަމަށް: މިކުންފުނިން ހުޅުމާލޭ ގައި ކަސްޓަމަރ ސާރވިސް ޚިދުމަތް ފޯރުކޮށްދެމުން ދިޔަ އޮފީސް އެޗް ޑީސީ ބިލްޑިންގ އިން ހުޅުމާލޭ އެޕޯލޯ ޓަވަރަށް ބަދަލުވުމާއި ގުޅިގެން، އެ އޮފީހުން ދެމުން ގެންދާ ހުރިހާ ޚިދުމަތެއް ދެމުން ގެންދާނީ އެޕޯލޯ ޓަވަރުގެ pic.twitter.com/AqB6hnOcJI
— STELCO (@STELCOMALDIVES) January 28, 2023
ރާއްޖޭގެ އެންމެ ގިނަ މީހުން އުޅޭ މާލެ ސަރަހައްދުގެ ކަރަންޓުގެ ކަންކަން ސްޓެލްކޯއިން ކުރިއަށް ގެންދަވާއިރު އެ ކުންފުނިން ގެންދަނީ ކުންފުނިން ދޭ ހިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ދާދިފަހުން އެ ކުންފުނީގެ އެމްޑީ އަޙްމަދު ޝަރީފް ވިދާޅުވެފައިވާ ފަދައިން ކުންފުނީގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށްދެކި ރައްޔިތުންނަށް ފަސޭހަވާނެ އެކިކަންކަން އެ ކުންފުނިން މިހާރު ދަނީ ޤާއިމް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު