ދަރުމަވަންތަ ހޮސްޕިޓަލް
ދަރުމަވަންތަ ހޮސްޕިޓަލް
ކޯވިޑް-19 އަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ޙާލުބޮޑު 3 މީހަކު އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫއަށް ބަދަލުކޮށް ފަރުވާ ދޭން ފަށައިފިއެވެ. އެޗްޕީއޭއިން ބުނީ އެ 3 މީހުންގެ ޙާލުވެސް ސީރިއަސްކަމަށާއި، ދެމީހަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިވަގުތު ފަރުވާދެމުން އަންނަނީ 399 މީހުންނަށެވެ. އޭގެތެރެއިން 12 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ޙާލަތު އެންމެ ގޯސްވަނީ ޢުމުރުން ދުވަސްވީ މީހުންނާއި، ދިގުމުއްދަތަކަށް ފަރުވާ ހޯދަންޖެހޭ ބަލިތައް ތަހަމަލުކުރަމުންދާ މީހުންނަށެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 2324 އަކަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވީ މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1911 އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ކުރަމުންދަނީ 399 މީހުންނެވެ. އައިސޮލޭޝަންގައި 311 މީހުން ތިބިއިރު ކަރަންޓީންގައި ތިބީ 226 މީހުން އެބަތިއްބެވެ.

ކޯވިޑް-19 ޖެހިގެން ރާއްޖެ އިން މަރުވެފައިވަނީ 8 މީހުންނެވެ. އެއީ، 4 ދިވެހިންނާއި، 4 ބިދޭސީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން