ފްރަންްޓްލައިންގައި ހަރަކާތްތެރިވާ އޮފިޝަލަކު މީހެއްގެ ޓެމްޕްރޭޗަރ ޗެކް ކުރަނީ؛ އާ އާންމު ހާލަތުގައި ޚިދުމަތް ދޭ ތަންތަނަށް ވަނުމުގެ ކުރިން ޓެމްޕްރޭޗަރ ބަލަން ޖެހޭ
ފްރަންްޓްލައިންގައި ހަރަކާތްތެރިވާ އޮފިޝަލަކު މީހެއްގެ ޓެމްޕްރޭޗަރ ޗެކް ކުރަނީ؛ އާ އާންމު ހާލަތުގައި ޚިދުމަތް ދޭ ތަންތަނަށް ވަނުމުގެ ކުރިން ޓެމްޕްރޭޗަރ ބަލަން ޖެހޭ
ރާއްޖެ އިން މިއަދު އިތުރު 13 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެ 06 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

މިއަދު ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 05 ދިވެހިންނާއި ބަންގްލަދޭޝްގެ 07 މީހަކާއި އިންޑިއާ މީހެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މިއަދު ބަލިޖެހުނު 13 މީހުންނާއެކު މިހާރު ރާއްޖެއިން ބަލިޖެހުނު މީހުންގެ އަދަދު ވަނީ 2337 އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވި 06 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1927 އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ކުރަމުންދަނީ 397 މީހުންނެވެ. އައިސޮލޭޝަންގައި 303 މީހުން ތިބިއިރު ކަރަންޓީންގައި ތިބީ 132 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން