ރާއްޖޭގެ 9 ސަރަހައްދެއްގައި ކޯވިޑް-19އަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މިރޭވަނީ އަލަށް ރާއްޖޭގެ 7 ސަރަހައްދެއްގައި ކޯވިޑް-19އަށް ޓެސްޓްކުރުމުގެ އިންތިޒާމު ހަމަޖައްސައި މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މިރޭ ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެތެރޭގައި ހިމެނެނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޕީސީއާރް ޓެސްޓްކުރުމާއި، ރާއްޖޭގެ އިތުރު 6 ސަރަހައްދެއްގައި ޖީން އެކްސްޕަރޓް ކާޓްރިޖް ބޭނުންކޮށްގެން ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އެއްބަސްވުންތަކެވެ. އެގޮތުން ޖީން އެކްސްޕަރޓް މެޝިން ބޭނުންކޮށްގެން ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ، ށ.އަތޮޅު ހޮސްޕިޓަލާއި އުނގޫފަރު ރީޖަނަލް ހޮސްޕިޓަލާއި ލ.ގަން ރީޖަނަލް ހޮސްޕިޓަލާއި ބ.އަތޮޅު ހޮސްޕިޓަލާއި ގއ.އަތޮޅު ހޮސްޕިޓަލާއި ގދ.ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕޓަލުގައެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ޖީން އެކްސްޕަރޓް ކާޓްރިޖް ދިވެހި ސަރުކާރާއި ހަވާލުކޮށްދެއްވީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައިހުންވާ މަންދޫބު އަރްވިންދް މާތުރެވެ. ސަރުކާރުގެ ފަރާތުން މި ކާޓްރިޖްތަކާއި ހަވާލުވެވަޑައިގަތީ، ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީނެވެ.
ރާއްޖެއިން ކޯވިޑް-19އާ ދެކޮޅަށް ކުރި ހަނގުރާމައިގެ އުސްއަލިތަކަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަބުދު ﷲ އަމީން ވިދާޅުވީރާއްޖޭގައި އެންމެ ފުރަތަމަ 30 ޖެނުއަރީގައި މިބަލީގެ މީހަކު ފެނުމުން ބައްޔަށް ޓެސްޓްކުރަން އިންޑިއާގެ ޕޫނޭއަށް ސާމްޕަލް ފޮނުވައިގެން ނަތީޖާއަށް ދިގު އިންތިޒާރެއް ކުރަންޖެހުނު ކަމަށެވެ. އެއަށް ފަހު 29 ފެބްރުއަރީގައި ރާއްޖޭގައި ފުރަތަމަފަހަރަށް އައިޖީއެމްއެޗްގައި ބައްޔަށް ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެހި މި ވަސީލަތްތައް އިތުރުކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިމަހުގެ 21ވަނަ ދުވަހު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ޕީސީއާރް ޓެސްޓްކުރެވޭނެ ނިޒާމު ގާއިމު ކުރެވުމަކީ މި މަސައްކަތުގައި ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިވަނީ ބޮޑު ރާސްތާއެއް ކަޑަތުކޮށްފައި. މިކަމުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބުނު. ޑަބްލިއުއެޗްއޯއިން ރާއްޖެއަށް މި ދަތި ދަނޑިވަޅުގައި ވަނީ ބޮޑެތި އެހީތަކެއް ވެދީފައި. މިއީ ރާއްޖޭގެ ކާމިޔާބީގެ ބޮޑު ހިއްސާއެއް." ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޖީން އެކްސްޕާޓް މެޝިން ބޭނުންކޮށްގެން ޓެސްޓްކުރުމުގެ އިންތިޒާމު ހަމަޖެއްސި 6 ހޮސްޕިޓަލްގެ އިސްވެރިންވެސް ވަނީ އޮންލައިންކޮށް ވީޑިއޯ މެދުވެރިކޮށް ވާހަކަދައްކަވާފައެވެ. ހަމަޖެހިގެންދިޔަ މިއިންތިޒާމުތަކަކީ، މި ވަގުތު ރާއްޖެއަށް އިންތިހާއަށް ބޭނުންވެފައިވާ ޚިދުމަތްތަކެއްކަން ހޮސްޕިޓަލްތަކުން ފާހަގަކޮށްފައިވެއެވެ.
މިއަދު ހަމަޖެއްސި އިންތިޒާމާއެކު ރާއްޖޭގެ 5 ތަނެއްގައި ކޯވިޑް-19ގެ ޕީސީއާރް ޓެސްޓްކުރެވޭނެ އިންތިޒާމު މިހާރު މިވަނީ ހަމަޖެހިފައެވެ. އެގޮތުން މިހާރު މިއިންތިޒާމު ހަމަޖެހިފައިވަނީ އައިޖީއެމްއެޗް، އޭޑީކޭ، ފުލުހުންގެ ޑީއެންއޭ ލެބް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލެވެ.
ކޯވިޑް-19 އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި އިމަޖެންސީ ސެންޓަރަށް އިއްޔެ އެމަނިކުފާނު ވަނީ ޒިޔާރަތް ކުރައްވާފައެވެ. އެތަނަށް ކުރެއްވި ޒިޔާރަތުގައި އެސެންޓަރުގައި ހަރަކާތްރެރިވާ ފަރާތްތަކާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި މި ފެށޭ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އާ މަރުޙަލާއަކަށް ބަދަލުކުރައްވައި ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ) އިން ކުރަމުންއައި މަސައްކަތްތައް، މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުވެގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު