ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވަގުތީ މާރުކޭޓުގެ ގޮޅިތައް ލިބުނު ފަރާތްތައް ކަނޑައަޅައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ބުނީ، ހިޔާ ސަރަހައްދުން ވަގުތީ މާރުކޭޓަށް 18 ގޮޅި ދިނުމަށް ނިންމާފައިވާ ކަމަށާއި، އޭގެ ތެރެއިން 9 ގޮޅި ހާއްސަ ކޮށްފައި ވަނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށެވެ.

އެޗްޑީސީން މި މާރުކޭޓުގެ ގޮޅި ލިބުނު ފަރާތްތައް ހޮވުމަށް ގުރުއަތު ނެގުން ބާއްވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެގޮތުން، ގޮޅި ލިބޭ ފަރާތްތައް ހޮވާފައިވާއިރު، ފަސް މީހަކު ވަނީ ވެއިޓް ލިސްޓުގައި ހިމަނާފައެވެ. މި ގޮޅިތަކަށް 21 ފަރާތަކުން ކުރިމަތިލާފައިވެއެވެ.

ރޯދަ މަހަކީ ގިނަ އަދަދަކަށް މިފަދަ ހިދުމަތްތަކަށް އޮންނަ ޑިމާންޑް ބޮޑުވާ މަހަކަށް ވާތީ އެޗްޑީސީން ވަނީ މާލެ ސިޓީ ކައުންސިލަށްވެސް ފޭސް ދޭކުން ވަގުތީ މާރުކޭޓެއް ހުޅުވުމަށް ބިން ހަމަޖައްސައިދީފައި ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

މީގެއިތުރުން ވިނަރެސް އިމާރާތުގެ ކޮމާޝަލް ބްލޮކްގައި އެސްޓީއޯގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޔުނިޓެއް ކަނޑައަޅައި އެތަނުގައި އެސްޓީއޯ "ރޯދަ މާޓް" ފިހާރަ އިއްޔެ ވަނީ ހުޅުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން