رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޒަމާނުގައި އައި އިސްލާމީ އިންޤިލާބާމެދު ތާރީޚީ ބައެއް ރިވާޔަތްތަކުގައި ވާގޮތުން ދެފަރާތުން ޤަތުލުވި މީހުންގެ ޢަދަދަކީ 1018 އެވެ. އެއީ މުސްލިމުންގެ ތެރެއިން ޝަހީދުވި 259 ބޭކަލުންނާއި ޣައިރު މުސްލިމުންގެ ތެރެއިން ޤަތުލުވި 759 މީހުންނެވެ.
އިސްލާމީ އިންޤިލާބު ފުރިހަމަވީ 23 އަހަރު ތެރޭގައެވެ. މިދެންނެވި ތޭވީސް އަހަރުގެތެރޭގައި ކުރިމަތިވި ހަނގުރާމަތަކުގެ ޢަދަދެއް ކަމުގައި ބުނެވެނީ 81 އެވެ. ނަމަވެސް ޚުދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ބައިވެރިވެވަޑައިގަތީ އެންމެ 27 ހަނގުރާމައިގައެވެ. އޭގެތެރެއިންވެސް ޢަމަލީގޮތުން ހަނގުރާމަ ހިނގާފައިވަނީ ވަރަށް މަދު ފަހަރަކުއެވެ.
އިސްލާމީ ތާރީޚުގެ އެންމެ ފުރަތަމަ ޤަރުނުގެ މި އިންޤިލާބަކީ ދުނިޔޭގެ ތާރީޚު ދެކެފައިވާ އެންމެބޮޑު އިންޤިލާބެވެ. ނުވަތަ ރިވޮލިއުޝަނެވެ. އެއީ ދުނިޔޭގެ ތާރީޚުގެ މިޞްރާބު ބަދަލުކޮށްލި އިންޤިލާބެވެ. އަދި މިއިންޤިލާބަކީ މިފަދަ ބޮޑު އިންޤިލާބެއްގައި ނިސްބަތުން ޤަތުލުވީ މީހުންގެ އަދަދު އިންތިހާ ދަރަޖައަށް މަދު އިންޤިލާބެކެވެ. އެހެންކަމުން މިއިންޤިލާބަކީ ލޭއޮހޮރުވުމެއްނެތް އިންޤިލާބެއް ކަމުގައި ދެންނެވިދާނެއެވެ.
އަޅުގަނޑުމެން މުސްލިމުންގެ ލިޔުންތެރުންނާއި ވާހަކަ ދެއްކުންތެރީން ވަރަށް ޖޯޝާއި ފޯރިއާއެކު މިއިންޤިލާބާ މިޒަމާނުގެ ޣައިރުމުސްލިމުންގެ ލާދީނީ އިންޤިލާބުތަކާ، މުސްލިމުން އަޅައިބަލާފަދައިން ޚުދު އަޅުގަނޑުމެން މިހިނގާ ޙަރަކާތްތައްވެސް ރިސާލަތުގެ ދައުރުގެ އިންޤިލާބު ތިލަފަތުގެ އެއްކޮޅަށްލައިގެން ކިރަން ޖެހެއެވެ. ލިބޭ ނަތީޖާއާމެދު ފިކުރުހިންގާން ޖެހެއެވެ
މުސްލިމުން މިދެންނެވިގޮތަށް ވަޒަންކޮށްފިނަމަ އެނގި ބަޔާންވަނީ މާތް ﷲ ގެ ނަބިއްޔާގެ ތަޙްރީކާ އަޅައިބަލާއިރު ޚުދު އަޅުގަނޑުމެން މިހިންގާ ޙަރަކާތްތަކުގެ މަޤާމަކީވެސް އަޅުގަނޑުމެން ޣައިރުމުސްލިމުންގެ އިންޤިލާބުތަކަށް މިދޭ މަޤާމުކަމެވެ. އާދެ، އަލްޖީރިއާގެ މިނިވަންކަމުގެ ޖިހާދުގައި 25 ލައްކަ މުސްލިމުން މަރުވިއެވެ. އިންޑިޔާގެ މިނިވަންކަމުގެ ހަނގުރާމައިގައި ފަސްލައްކަ މުސްލިމުންނާއި މުސްލިމު ޢިލްމުވެރީން ޝަހީދުވިއެވެ. އިސްލާމީ ޕާކިސްތާނު އުފެއްދުމަށްޓަކައި ކޮރޯޑެއްހައި މުސްލިމުންގެ ފުރާނަ ޤުރްބާން ކުރެވުނެވެ. މީގެއިތުރަށް ސޫރިޔާއާއި، ޢިރާޤާއި، އީރާނާއި، މިސްރުއާއި، ފަލަސްޠީނާ އަދި އެނޫންވެސް އެކިތަންތާނގައި އިސްލާމުގެ ނަމުގައި ޖާނު ހޭދަކުރަމުންދާ މީހުންގެ ޢަދަދުތައްވެސް އެތަކެއްލައްކައަށްވުރެވެސް ގިނައެވެ. އަނެއްކޮޅުން މިދެންނެވި ހުރިހާ ޤުރްބާނީތަކުން ޙާޞިލުވި އެކައްޗެއްވެސް ނެތެވެ. އާދެ، އެއްވަނަ ޤަރުނުގައި ދިހަސަތޭކަ މީހުން މަރުވެގެން ގެނައި އިސްލާމީ އިންޤިލާބަކީ އޭގެ ފޮނި ނަތީޖާ މުޅި ދުނިޔެއަށް އިޙްސާސްކުރެވުނު، ދުރަށް އަސަރު ފޯރުވި އިންޤިލާބެކެވެ. އަނެއްކޮޅުން މިޒަމާނުގެ އިސްލާމީ ޙަރަކާތްތަކުގައި ޖުމްލަގޮތެއްގައި ދިހަކުރޯޑު މީހުން މަރުވެ ސުންނާފަތި ވެއްޖެއެވެ. ނަމަވެސް ދުނިޔެމަތީގެ ކުޑަކުޑަ ތަންކޮޅެއްގައިވެސް އިސްލާމީ އިންޤިލާބު ޙަޤީޤީ މާނައިގައި ކާމިޔާބުވެ އޭގެ މޭވާ ލިބެމުންދާތަން ފެނިފައެއްނެތެވެ.
އަދި މިހާހިސާބަކުންވެސް މައްސަލަ ނުއެއްނިމެއެވެ. އަދި ކީއްތޯއެވެ؟ މިމައްސަލަ އޮތީ މިއަށްވުރެވެސް މާސީރިޔަސްކޮށެވެ. ޙަޤީޤަތަށް ދަންނަވާނަމަ މިޒަމާނުގައި އަޅުގަނޑުމެން ކުރާ މަސައްކަތުގެ ނަތީޖާ ފެންނަނީ އިދިކޮޅަށެވެ. ބައިބަލްގައި ޔަހޫދީންނާމެދު އައިސްފައިވާ ބަސްފުޅެއް މިއަދު އަޅުގަނޑުމެންނާމެދުވެސް ދަނީ ސީދާވަމުންނެވެ. "ތިޔަބައިމީހުން ގޮވާންކުރުންވަނީ ބޭކާރުކަމެއް ކަމުގައެވެ. އެހެނީ އެގޮވާން ފައްކާވުމުން އެތަކެތި ކާނީ ތިޔަބައިމީހުންގެ ދުޝްމިނުންނެވެ. އެބަޔަކާމެދު ތިޔަބައިމީހުން އަދާވާތްތެރިވާ މީހުން ތިޔަބައިމީހުންގެ މައްޗަށް ވެރިކަންކުރާނެއެވެ. ތިޔަބައިމީހުންގެ ހަކަތަ ހޭދަވެގެންދާނީ އެއްްވެސް ފައިދާއެއްނެތް ގޮތެއްގައެވެ. އެހެނީ ތިޔަބައިމީހުންގެ ބިމުން އެކައްޗެއްވެސް ނުލިބޭނެއެވެ. މައިދާނުގެ ގަސްގަސް މޭވާއެެއް ނުދޭނެއެވެ."
(އަޙުބާރު، ބާބު: 24)
އަޅުގަނޑުމެންގެ މިޒަމާނުގެ ތާރީޚު ހިމެނިފައިވަނީ އިސްވެދެންނެވި އާޔަތުގެ ނަމޫނާއަކަށެވެ. އަޅުގަނޑުމެން އިސްލާމީ ޚިލާފަތު ޤާއިމްކުރުމަށާއި، ބައިނަލް އަޤުވާމީ އިސްލާމީ އެއްބައިވަންތަކަމަށް ދުންބުރައިގެން ދާވަރުގެ ވަރުގަދަ ޙަރަކާތްތައް ހިންގައިފީމުއެވެ. ގުނައި ޢަދަދު ނުކުރެވޭހާ ގިނަ ޤުރުބާންތައް ވެއްޖައީމުއެވެ. ނަމަވެސް ނަތީޖާ ފެނިގެންދިޔައިރު އިސްލާމީ ދުނިޔެވަނީ ގިނަ ޢަދަދެއްގެ ޤައުމީ ސަރުކާރުތަކަކަށް ބެހިފައެވެ. އަޅުގަނޑުމެން ވަޒަނުގެ (އިންޑިޔާގެ) މިނިވަންކަމަށްޓަކައި ޖިހާދުކޮށްފީމުއެވެ. ނަމަވެސް މިނިވަންކަން ލިބުނުހިނދު ޢަމަލީގޮތުން ވަނީ އެހެން ދީންތަކުގެ މީހުންގެ ބާރުގެދަށަށް ގޮސްފައެވެ. އަޅުގަނޑުމެން އިސްލާމީ ޕާކިސްތާނެއް ވުޖޫދަށް ގެނައުމަށްޓަކައި ޤުރުބާންތަކެއް ވައްޖައީމުއެވެ. ނަމަވެސް ޕާކިސްތާނު އުފެދުނުއިރު އެތާނގައި އޮތީ ސިކިއުލަރ ލީޑަރުންގެ ވެރިކަމެއް އުފެދިފައެވެ. އަޅުގަނޑުމެން މިޞުރުގައި އިސްލާމީ ވެރިކަން ޤާއިމްކުރުމަށްޓަކައި މިންނެތް މަސައްކަތްކޮށް ވަރުގަދަ ޙަރަކާތެއް ހިންގައިފީމުއެވެ. ނަމަވެސް މިޞުރުގެ ނަޞީބުގެ ނިޔާ ކަނޑައެޅުނުއިރު މިޞުރުއޮތީ އިސްލާމީ ނިޒާމަށް ލޯބިކުރާ މީހުންގެ ބަދަލުގައި ޢަސްކަރީ މީހުންގެ އަތްމަޗަށް ގޮސްފައެވެ. ފަލަސްޠީނުގެ ޔަހޫދީ ސަރުކާރު ނައްތައިލަން މެދުކެނޑުމެއްނެތި ޖިހާދުކުރާތާ ޤަރުނެއްގެ ތުންބައިކުޅަ އެއްބަޔަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އެކަމުގައި ހިސާބެއްނެތްހައި ގިނަ މުސްލިމުންގެ ޖާނާއި މާލު ހަލާކުވަމުން އެބަދެއެވެ. ނަމަވެސް ޢަމަލީގޮތުން ނިކުންނަމުންދާ ނަތީޖާއަކީ ޔަހޫދީ ސަރުކާރު ބާރުގަދަވަމުން ފުޅާވަމުން ދިޔުމެވެ.
މިއީ މިޒަމާނުގައި ހިލަޔަށްވުރެވެސް ހަރު ޙަޤީޤަތްތަކެކެވެ. މީހަކަށް އެމީހެއްގެ ސިކުނޑީގައި ޚިޔާލީފޮލާގެ ދުނިޔެއެއް ބިނާކޮށްގެން އެދުނިޔޭގައި ދިރިއުޅެވިދާނެއެވެ. ނަމަވެސް މުސްތަޤްބަލުގެ މުއައްރިޚުން އަޅުގަނޑުމެންގެ ޚިޔާލީފޮލާ ތަޞްދީޤުކޮށެއް ނުދޭނެކަން ކަށަވަރެވެ. މުއައްރިޚުންނަށް ލިޔަން މަޖުބޫރުވާނެއެވެ. ފަރަންސޭސިވިލާތާއި ރޫސީވިލާތުގައި މަރުވެދިޔަ މީހުންގެ ޙިއްޞާއްކަށް ދުނިޔޭގެ ފިކުރީ އޮއިވަރު ބަދަލުކޮށްލުމުގެ އަރުތަ ލިބުނެވެ. އެބައިމީހުންގެ ޤުރްބާނީއަށްފަހު ދުނިޔޭގެ ޝެހެންޝާހިއްޔަތުގެ ބަދަލުގައި ޖުމްހޫރިއްޔަތުގެ ވިސްނުމެއް އުފެދުނެވެ. ކެޕިޓަލިޒަމްގެ މައްޗަށް ސޯޝަލިޒަމަށް ފަތަޙަ ލިބުނެވެ. ނަމަވެސް އިސްލާމްގެ ނަމުގައި ޤުރުބާންވި މީހުން ޢަދަދުގެ ގޮތުން ބަލާއިރު މާގިނަކަމުގައި ވުމާއެކުވެސް އެބައިމީހުންނަކަށް ބައިނަލްއަޤްވާމީ ފިކުރީ އޮއިވަރަށް ކުޑަވެސް އަސަރެއް ނުފޯރުވުނެވެ.
އެއްވަނަ ޤަރުނުގެ އިސްލާމީ އިންޤިލާބު ސާބިތުކޮށްދެނީ މާތް ﷲ ގެ ދީނަށްޓަކައި ޤުރުބާންވުމުގެ ދަރަޖައަށްދާން އެންމެ ހާހެއްހައި މީހުން ތައްޔާރަތިބި ކަމުގައިވިޔަސް މާތް ﷲ އެބައިމީހުންގެ ޤުރުބާނީ ޤަބޫލުކުރައްވައި ބިންމަތީގައި އިސްލާމްދީނަށް ގަދަކަންދެއްވާ ކަމެވެ. މިޒަމާނުގައި އެތަކެއް ކުރޯޑުމީހުން ޤުރުބާން ވެއްޖެއެވެ. ނަމަވެސް އެބައިމީހުންގެ މައްޗަކަށެއް މާތް ﷲ ގެ ނަޞްރު ބާއްވައެއް ނުލައްވައެވެ. މިހާ ބޮޑެތި ޤުރުބާނީތަކެއް ވަމުންދާއިރުވެސް މުސްލިމުން މިތިބީ ހިލޭމީހުންގެ ދަށުވެފައެވެ. އެއިން ސާބިތުވަނީ މިހާރަކަށްއައިސް ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ޤުރުބާންވެވުމުން މިދަނީއަކީ އެމަގެއްގައި ހިނގުމުން ޢިއްޒަތްތެރި ނަޞްރާއި ބަޔާންވެގެންހުރި ފަތަޙަ ދެއްވަން މާތް ﷲ ވަޢުދުވެވޮޑިގެންފައިވާ ސީދާވެގެންވާ ތެދުމަގަކުން ނޫންކަމެވެ.
ދަނޑުވެރިޔަކު އަޅުގަނޑުމެންގާތުގައި ތިމަން ގޮދަން އިންދީމާ ފެޅީ ހައްތަހާވެސް ބޭނުމެއްނެތް ވާގަސްތަކެކޭ ބުނެފިނަމަ އެދަނޑުބެރިޔާއަކީ ދޮގުހަދާ މީހެކެވެ. އެހެނީ މާތް ﷲ ގެ މިދުނިޔޭގައި މީހަކު ގޮދަން އިންދުމުން އެއިން ވާގަސްފެޅުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. އެއީ ވާނެކަމެއްނޫނެވެ. ހަމައެފަދައިން މިޒަމާނުގައި އަޅުގަނޑުމެން ޤުރުބާންވަމުން މިދަނީ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އާއި އެކަލޭގެފާނުގެ ޞަޙާބީން ހިންގެވި، އަދި އެބޭކަލުންގެ ފުރާނަފުޅު ހޭދަކުރެއްވި މަގުގައި ކަމުގައިވާނަމަ މިހާ ވަރުގަދަ މަސައްކަތްތަކެއް ކުރެވެމުންދާއިރު އެއިންކުޑަވެސް އެދެވޭ ނަތީޖާއެއް ފެންނަމުން ނުދިޔުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. މިއީ ދިމާޔަށް ހާމަވާންއޮތް ކަމެކެވެ. ކަން މިހެން ހުރުމާއެކުވެސް މީހަކު ޚިޔާލީ މުންނާރެއްގައި ހުންނަހިތްވާނަމަ ހުއްޓަކަސް މައްސަލައެއްނެތެވެ. ދާދިއަވަހަށް ޤިޔާމަތްދުވަސް އައިސް އޭނާގެ މުންނާރު ބިމާހަމަކޮށްލާނެއެވެ. އޭރުން އެނގި ސާބިތުވާނީ އެތާނގައި އޭނާގެ ޙަޤީޤަތެއްނެތް ރަނގަޅު ހީގެ ތަރާގަނޑެއް ފިޔަވައި އެހެން އެކައްޗެއްވެސް ނެތްކަމެވެ.
ނުނިމޭ (ކުރިއަށް އޮތް ބަޔަށް އިންތިޒާރުކޮށްލަވާ!)
********
މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ފާއިތުވި ރަމަޟާން މަހުންފެށިގެން ގެނެސްދެމުން އަންނަ ސިލްސިލާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު