ކާބޯތަކެތި ފޮނިކުރުމަށް ބޭނުންކުރާ ހަކުރުނޫން ބާވަތްތައް ބޭނުންކުރުމާމެދު ޢަމަލުކުރަންވީ ގޮތުގެ އިރުޝާދެއް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ނެރެފިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު. އެޗް. އޯއިން) އިން ނެރެފައިވާ މި އިރުޝާދު، ނެރެފައިވަނީ މިކަމާއި ގުޅޭ ތަޙްގީގީ ދިރާސާއެއް ކުރުމަށްފަހުކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.

ފޮނިކުރުމަށް ހަކުރުނޫން ބާވަތްތައް ދިގު މުއްދަތެއްގައި ބޭނުންކޮށްގެން ކުޑަކުދިންނާއި ބޮޑެތި މީހުންގެ ގައިން ސަރުބީ ވިރޭކަމަށް ޑަބްލިއު. އެޗް. އޯގެ ދިރާސާއިން ފެނިފައެއްނުވެއެވެ. މިދިރާސާއިން ދައްކާ ގޮތުގައި ފޮނިކުރުމަށް ހަކުރުނޫން ބާވަތްތައް ދިގު މުއްދަތެއްގައި ބޭނުންކުރާނަމަ، ހިތުގެ ބަލިތަކާއި ހަކުރުބަލި (ޓައިޕް ޓޫ ހަކުރުބަލި) ޖެހުމުގެ ފުރުޞަތު ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ.

"ހަކުރު އެޅުމުގެ ބަދަލުގައި ފޮނިކޮށްދޭ އެހެން ބާވަތްތައް އަޅައިގެން، ކާބޯތަކެތި ބޭނުންކުރުމަކުން ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލްކުރެވޭ ކަމަކަށް ނުފެނޭ. ހަކުރު ކެއުން މަދުކުރުމަށް އެހެން ގޮތްތަކެއް ވިސްނަންޖެހޭ. މިސާލަކަށް ކާއެއްޗެއްގައި އޭގެ ޒާތުގައި، ޠަބީޢަތުގައި ހުރި ފޮނިކަމަކުން ފުއްދާލުން" ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ފޮރ ނިއުޓްރިޝަން އެންޑް ފުޑް ސޭފްޓީ ފްރެންސެސްކޯ ބްރެންކާ ވިދާޅުވިއެވެ.

ފްރެންސެސްކޯ ވިދާޅުވި ގޮތުގައި ދުޅަހެއުކަން އިތުރުކުރަން ބޭނުންނަމަ ، ޙަޔާތުގެ ކުރީ ބައިން ފެށިގެން ، ފޮނިކޮށް ކެއުމާއި އެއްކޮށް ދުރުވާންޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން