ކުރީ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް ބަޔަކާއި ހަވާލުކޮށްގެން ފެށިނަމަވެސް، އެކަންކަން ކުރިއަށް ނުގޮސް، މަޝްރޫޢުތައް ހުއްޓިގެން ބަދަލުދޭން ޖެހުނީ މި ސަރުކާރަކަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތާއީދު ހޯއްދެވުމަށް ކުރިއަށްގެންދާ ކެމްޕެއިންގެ ތެރެއިން މާލޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުން މަޝްރޫޢުތަކެއް ހިންގެވިނަމަވެސް އެކަންކަން ކޮށްފައިވަނީ ރައްޔިތުންނަށް ފައިދާއެއް ނުލިބޭ ގޮތަށް ކަމަށާއި، އަދި ގިނަ ޕްރޮޖެކްޓްތަކުން ދައުލަތަށް އުފުލަންޖެހުނު ބުރަ ބޮޑުކަމަށެވެ. އަދި ގިނަ މަޝްރޫޢުތަކެއް ނުހިންގުމުގެ ސަބަބުން އެކަންކަން ހަވާލުކޮށްފައި ހުރި ކުންފުނިތަކަށް ބޮޑެތި ބަދަލުތަކެއް ދޭންޖެހުނުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުތަކުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފެއިލްވިނަމަވެސް، އެ ތަންތަނުން ފްލެޓް ގަންނަން ރައްޔިތުންގެ އަތުން ފައިސާ ނަގާފައިހުރިކަމަށެވެ. ނަމަވެސް ފައިސާ ދެއްކި ރައްޔިތުންނަށްވެސް ކުރީ ސަރުކާރުން އެއްވެސް ގޮތެއް ހޯދައިދީފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ.
"ގުޅީފަޅުން ފްލެޓް ގަތް މީހުންނަށް އެއްވެސް ގޮތެއް ހޯދައިދީފައެއް ނެތް.. އެހެން މަޝްރޫޢުތަކަށްވެސް ރައްޔިތުންގެ އަތުން ފައިސާ ނެގުމަށްފަހު ރައްޔިތުންނަށް ހައްގު ބޯހިޔާވަހިކަން ނުދޭ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ހިންގި ހައުސިން މަޝްރޫޢުތަކުން ރައްޔިތުންނަށް ކުރިމަތިވި ގެއްލުންތަކަށްވެސް ބަދަލުދީ ހައްލުތައް ހޯއްދަވައިދެއްވީ މި ސަރުކާރުންކަމަށެވެ. އެގޮތުން ކުރީ ސަރުކާރުގެ ސަބަބުން ހުއްޓުނު ޕްރޮޖެކްޓްތަކުގެ ފްލެޓްތަކަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް މި ސަރުކާރުން އެކި ހައްލުތައް ހޯއްދަވައިދެއްވާފައިވާކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނަށް ގެއްލުންދޭނެ ސަރުކާރެއް ނޫންކަމަށާއި، މިއީ ރައްޔިތުންނާމެދު އަޅާލައި، އޯގާތެރި ސަރުކާރެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު