ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު "ބިންވެރިޔާ" ގެ ދަށުން ދޫކޮށްފައިވާ ގޯތި ހެދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

ސޯސަން ޖަގަހައިގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެނަމަ އެ ގޯތިތައް އިމާރާތް ކުރުމަށް މާލީ އެހީތެރިކަން ދެއްވާނެ ކަމަށެެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ދޫކުރި ގޯތިތައް އިމާރާތް ކުރެވޭނެ ގޮތް ހަދައި ދޭނީ ވެސް އެމްޑީޕީގެ ވެރިކަމެއްގައި ކަމަށެވެެ. އަދި ގެދޮރު އިމާރަތް ކުރުމަށް ފަސޭހައިން ފައިސާ ހޯދައި ދިނުމާއި ލުއި ގޮތެއްގައި އަނބުރާ ދެއްކޭނެ ގޮތެއް ހަމަޖައްސައި ދެއްވާނެކަމުގެ ޔަގީންކަން ރައީސް މިރޭ ވަނީ ދެއްވާފައެވެ.

އެގޮތުން ހައުސިން ބޭންކުގެ ތެރެއިން ރައްޔިތުންނަށް ފައިސާ ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މިރޭ ވިދާޅުވީ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ދޭން ނިންމާފައިވާ ހުރިހާ ފަރާތްތަކަށް ގޯތި ހަވާލު ކުރުމުގެ ހުރިހާ މަސައްކަތެއް އަންނަ ނޮވެމްބަރު ފަސް ވަނަ ދުވަހުގެ ކުރިން ނިންމާނެ ކަމަށެެވެ. ގޯތި ލިބޭ ހުރިހާ ފަރާތްތަކަށް މި ދައުރު ނިމުމުގެ ކުރިން ބިން ކަނޑައި ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރަައްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން