އިންޑިއާގެ މަހަރާސްތްރާގެ ޑާޑަރް ސަރަހައްދުގެ "މަހާތްމާ ގާންދީ" ސްވިމިންގ ޕޫލްގެ ތެރެއިން ޅަ ކިނބުލެއް ފެނިއްޖެއެވެ.
މިހާރު އެ ކިނބޫ ވަނީ ކަމާއި ގުޅުންހުރި އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ކިނބޫ ސްވިމިންގ ޕޫލާއި ހަމައަށް ގޮސްފައިވަނީ ޕޫލް ކައިރީގައި ހިންގާ ޒޫއެއްގެ ތެރެއިން ނިކުމެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޤަވާއިދާ ޚިލާފަށް ހިންގާ އެ ޕްރައިވެޓް ޒޫގައި ހުރި ހުރިހާ ޖަނަވާރުތަކެއް އަތުލައިގަތުމަށްފަހު އެތަން ބަންދުކުރަން މަހާރާސްތުރާ ނަވްނިރްމަން ސެނާ (އެމްއެންއެސް) އިން މިހާރު ވަނީ އަންގާފައެވެ.
ގިނަ އަދަދެއްގެ ބަޔަކު ފަތަން ބޭނުންކުރާ މި ޕޫލަކީ ޕްރައިވެޓް ބައެއްގެ ތަނެކެވެ. މީގެ ކުރީގައިވެސް އެ ސްވިމިންގ ޕޫލް ތެރެއިން ވިހަގަދަ 2 ހަރުފަ ފެނިފައި ވެއެވެ. މި 2 ހަރުފަ ފެނިފައިވަނީ ޖެހިޖެހިގެން 2 މަހުގައެވެ. އެއީ ކައިރީގައި ހަދާފައި ހުރި ޒޫއަކުން ބޭރަށް ނިކުންނަ އެއްޗެހި ކަމަށް ބެެލެވުނެވެ.
އެއަށްފަހު، ޢާންމުންގެ ކަންބޮޑުވުންތައް އިތުރުވެގެން ދިޔައެވެ. އެހެން ނަމަަވެސް، މިހާތަނަށް އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު