ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީވިލާތަށާއި ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމުން ބުނެފިއެވެ.

ތުުރުކީ ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ކޮޕް-28 ސަމިޓްގައި ބައިވެރިވެވަޑައިގަންނަވަން ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގެ ހަވާސާގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދުނިޔޭގެ ގައުމުތަކުގެ އެންމެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާއި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހަ އާއި އިނގިރޭސި ރަސްގެފާނު ޗާލްސް ތިން ވަނަ އާއި އުރުދުންގެ ރަސްގެފާން އަބްދުﷲ އާއި ބުރޫނާއީގެ ރަސްގެފާނު ހަސަނުލް ބުލްގިޔާ އާއި ގަތަރުގެ އަމީރު ތަމީން ބިން ހަމަދުގެ އިތުރުން ވެސް ވަރަށް ގިނަ ގައުމުތަކުގެ އިސްވެރިންނާއި ރައީސް ވަނީ ބައްދަލު ކުރައްވާފައެެވެ.

އެކަމާ ގުޅިގެން ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތުރުކީ އާއި ޔޫއޭއީއަށް ކުރެއްވި ދަތުރުުޅުގައި ތުރުކީ އާއި އެކި ގަމުތަކުގެ އެންމެ އިސް ވެރިންނާއި ބައްދަލުކުރައްވާ އެގައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުންތައް އިތުރަށް ވަރުގަދަ ކުރަން ކުރެއްވި މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށެވެ. އެގޮތުން ގައުމުތަކުގެ ވެރިންނާއެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުންތަކުގައި، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ހޯއްދަވަން މަޝްވަރާކުރެއްވި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޕީޕިއެމުން ބުނީ ކޮޕް28 ކޮންފަރަންސްގެ ޙަވާސާގައި ތަފާތު އެކި ގައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ދިވެހި ރައްޔިތުން ދިވެހިރާއްޖެއަށް ބޭނުންވާ ތަރައްގީގެ ތަފާތު މަޝްރޫޢުތައް ހިންގެވުމުގައި އެގައުމުތަކުގެ އެހީތެރިކަން ހޯއްދެވުމުގެ މަޝްވަރާތައް ވަރަށް ކާމިޔާބުކަމާއެކު ރައީސް ކުރިއަށް ގެންދަވާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


1

އަޙްމަދު

03-Dec-2023

ތިއިންލިބުނުކާމިޔާބެއް މަށަކަށް ނޭނގުނު .އެއްވެސް ވެރިއަކު އެއްޗެއްދޭނަމެކޭ ވިދާޅެއްނުވި.ފައިސާބޭކާރުވުންފިޔަވާ ލިބުނު ކާމިޔާބެއް ނުފެނުނު ހުސްހޮޅިވާހަކަ.ޢަމުދުން ވަޢުދުފުޅާއި އެއްގޮތަށް އިންޑިޔާސިފައިންބޭލުމާއި ބެހޭ އެއްވެސްމަޝްވަރާއެއް ނުކުރެވުނު



ޓްރެންޑިން