ރާއްޖޭގައި ބާރުމިނުގައި ފެތުރެމުންދާ އިންފްލުއެންޒާ ރޯގާގެ ވައްތަރެއް ކަމަށްވާ އެޗްވަންއެންވަން ޖެހިގެން ޒުވާނަކު ނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗްގެ ފިޒިޝަނެއް ކަމުގައިވާ ޑރ. މުހައްމަދް އަލީ ވިދާޅުވެއްޖެ އެވެ.

ޑރ. މުހައްމަދް އަލީ މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވެފައިވަނީ މިދިޔަ ހަފްތާތަކުގެ ތެރޭގައި އިންފްލުއެންޒާ އޭގެ ވައްތަރެއްކަމަށްވާ އެޗްވަންއެންވަން ވައިރަސް ރާއްޖޭގައި ބާރުމިނުގައި ފެތުރެން ފަށާފައިވާ ކަމަށެވެ.

އެގޮތުން މިހާރު ތިން ޒުވާނުން އިންފްލުއެންޒާ ނިއުމޯނިއާގެ ސަބަބުން ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށްވެސް ޑރ. މުހައްމަދް އަލީ ވިދާޅުވެފައިވެ އެވެ. އަދި މިދިޔަ 30 ދުވަސް ތެރޭގައި މިބަލީގެ ސަބަބުން ޒުވާނެއްގެ ފުރާނަ ގެއްލިފައިވާކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

މިބަލިތައް ފެތުރުމުގެ ސަބަބުން ރޯގާ ބަލިމަޑުކަމެއް ފެށިދާނެކަމަށް ނުބެލެވޭކަމަށާއި ނަމަވެސް ވީހާވެސް އަވަހަކަށް "އަހަރީ ފްލޫޝޮޓް" ވެކްސިން ޖެހުމަށް ޑރ. މުހައްމަދް އަލީ ލަފާދެއްވާފައިވެއެވެ.

މުހައްމަދް އަލީ ވިދާޅުވެފައިވާ ގޮތުގައި ފްލޫޝޮޓް ވެކްސިން ޖެހުމުން ބަލީގައި ބޮޑުވަރު ވުމުން ރައްކާތެރިކޮއްދޭނެ ކަމަށާއި އެހެންކަމުން ވީހާވެސް އަވަހަކަށް 2023/2024 ފްލޫޝޮޓް ޖެހުމަކީ މުހިންމުކަމެއް ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވެފައި ވެއެވެ.

މީގެ އިިތުރުންވެސް ޑރ. މުހައްމަދް އަލީ ވަނީ މިފަދަ ވެކްސިންތައް ރާއްޖޭގެ އިންޝްއަރެންސް ނިޒާމު ކަމަށްވާ އާސަންދައިން ޖަހައިދެވޭ ގޮތެއް ހެދުމަށްވެސް އެދިވަޑައިގެންފައެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން