ފޮޓޯ: އައިޖީއެމްއެޗް
ފޮޓޯ: އައިޖީއެމްއެޗް
އިސްރަށްވެހިންނަށް ފަސޭހަކަމާއެކު ސިއްހީ ހިދުމަތް ހޯދޭނެގޮތަށް ހާއްސަ ކްލިނިކެއް އައިޖީއެމްއެޗްގައި ހުޅުވައިފިއެވެ.

މިއަދު ހުޅުވި މި ކްލިނިކް ހާއްސަ ކޮށްފައިވަނީ، ހޮސްޕިޓަލަށް ނުގޮސް ފަސޭހަކަމާއިއެކު ގޭގައި ތިބެގެން މެމޯ ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ކްލިނިކެއްގެ ގޮތުގައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހު ކޮށްދެއްވައި ހެލްތް މިނިސްޓަރު ޑރ. ޢަބްދުﷲ ހަލީލް ވިދާޅުވެފައިވަނީ މިއަދު އިފްތިތާހު ކުރެވުނު ކްލިނިކާއިއެކު އިސްރަށްވެހިންނަކީ ދުޅަހެޔޮ ބައެއްގެ ގޮތުގައި ބޭތިއްބުމަށް ހާއްސަ ސަމާލުކަމެއް ދެވިގެންދާނެ ކަމަށެވެ. އަދި މިއީ އިސްރަށްވެހިން ޒަމާންތަކެއްވަންދެން އިންތިޒާރު ކުރަމުންދިޔަ ހިދުމަތެއް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ހަލީލް ވިދާޅުވީ، މިފަދަ ކްލިނިކްތައް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ގާއިމު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެ މަސައްކަތް މިހާރު ވެސް ފެށިގެން ކުރިއަށް ދާކަމަށެވެ. އެގޮތުން އެންމެ ފަސޭހައިން މި ހިދުމަތް ގާއިމު ކުރެވޭނެ އަތޮޅުތައް ބައްލަވަމުން ގެންދަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިސްރަށްވެހިންނަށް ހާއްސަކޮށްގެން ކްލިނިކެއް ހުޅުވާފައިވާއިރު، ރާއްޖޭގެ އެކި ސަރަރަހައްދުތަކުގައި އިސްރަށްވެހިންނަށް ހާއްސަ މަރުކަޒުތަކެއް ވެސް ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން، ފުރަތަމަ ހުޅުވާ މަރުކަޒެއްގެ ގޮތުގައި ކީރިތި ޤުރްއާނާއި ބެހޭ މަރުކަރު ކުރިން ހިންގި އިމާރާތުގައި މިދިޔަ ސަރުކާރުން ހަދަންފެށިތަން ހާއްސަކޮށް ހުޅުވަން މި ސަރުކާރުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން