ސިޔާސީ މަސައްކަތް ކުރަނީ ކުރާ ހިތްވާތީ ކަމަށާއި އެއީ ކާންބޯން ކުރާ މަސައްކަތެއް ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ އިން ނާކާމިޔާބު ވެވަޑައިގެން ޕާޓީގެ ޓިކެޓް ގެއްލުމާއި ގުޅިގެން ބައެއް ފަރާތްތަކުން އެކަމަނާއަަށް ފުރަައްސާރަ ކުރަމުންދާތީ އެކަމަށް ރައްދު ދެއްވަމުންނެެވެ. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ސިޔާސީ މަސައްކަތް ކުރައްވަނީ ކުރައްވާ ހިތުން ކަމަށާއި އެއީ ކާންބޯން ކުރާ މަސައްކަތެއް ނޫން ކަމަށެވެ. އަދި ވިދާޅުވާންޖެހޭ ކޮންމެ އެއްޗެއް ސާބިތުކަމާއެކު ކެރިހުރެ ވިދާޅުވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"އަޅުގަނޑު ސިޔާސީ މަސައްކަތް ކުރަނީ ކުރާހިތުން. ކާން ބޯން ނުލިބިގެންނެއް ނޫން. ހައްގު ބަސް ބުނާކަށް ގޮނޑިއެއް ބޭނުމެއް ނުވޭ. އެމްޑީޕީގައި ސާބިތުކަމާއެކު ހުރެ، ބުނަން ޖެހޭ ކޮންމެ އެއްޗެއް ދެން ވެސް ބުނާނަން." އެމްޑީޕީގެ އަންހެނުން ރޫޙުގެ ރައީސާ ރޮޒައިނާ ވިދާޅުވިއެެވެ.

މީގެ އިތުރުން ރޮޒެއިނާ ވިދާޅުވީ އަންހެނަކަށް ފުރައްސާރަކޮށް އެހާވަރު ބަޔަކު އަރުވާލައިގެން އުޅުމުން އެނގެނީ އޭނާއާ މެދު ބަޔަކު ޖެހިލުންވާ މިންވަރާއި ހިތުގައި އޮތް ނަފުރަތާއި ރުޅިވެރިކަމާއި ހަސަދަވެރިކަން ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ ހަޔާތުގައި އެއްވެސް މީހަކާ ޒާތީ ގޮތުން އެއްޗެއް ވިދާޅުވެފައި ނޯންނާނެ ކަމަށާއި ކުރިޔަށްއޮތް ތަނުގައި ވެސް އެފަދަ އެއްޗެއް ވިދާޅުނުވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ބަލިކުރައްވައި ފޭދޫ އުތުރު ދާއިރާގެ އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރެއްވީ ރާއްޖޭގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ކަމަށްވާ އަހުމަދު ޝަރީފު (ޑުންގާ) އެވެ.

ޕްރައިމަރީގެ ނާކާމިޔާބީއަށް ފަހު މެމްބަރު ރޮޒެއިނާ އާދަމް ވަނީ ބަލި ގަބޫލުކުރައްވައި އަހުމަދު ޝަރީފު (ޑުންގާ) އަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެމްޑީޕީ ފޭދޫ އުތުރު ހުރިހާ އެންމެން މި ގޮނޑި އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް ރޮޒައިނާ ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން