ކަރަށް ތޮޅިއެއް ހެރުނު މަސްވެރިޔާ އިތުރު ފަރުވާއަށް ރާާއްޖެއިން ބޭރަށް ގެންދަން ނިންމައިފި އެވެ.
ރ. މަޑުއްވަރީގެ ދޯންޏެއްގައި މަސައްކަތް ކުރާ މީހަކު ފީނަން އުޅުމުގެ ތެރޭގައި ކަރަށް ތޮޅިއެއް ހެރިގެން އައިޖީއެމްއެޗަށް ގެނައީ މިއަދު މެންދުރު އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އޭނާ މިހާރު ބާއްވާފައި އޮތީ ހައި ޑިޕެންޑެންސީ ޔުނިޓްގައި ކަމަށެވެ.
އަދި އޭނާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
އެހެންވެ އޭނާ ބޭރަށް ގެންދަން މިހާރު ތައްޔާރުވަމުންދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
ތޮޅި ހަމަލާ ދީގެން މީގެ ކުރިންވެސް ފުރާނައަށް ނުރައްކާވެފައި ވެއެވެ.
އެގޮތުން 2022 ވަނަ އަހަރު ވެސް އިހި ނަގަން އުޅުމުގެ ތެރޭގައި އއ. ހިމަންދޫ ޒުވާނެއްގެ ކަރަށް ތޮޅިއެއް ހެރި ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު