ފުރޮޅުލީ ގޮނޑި ނެތުމުގެ ސަބަބުން މުމްބާއީގެ ޗަތުރަޕަތީ ޝިވާޖީ މަހާރާޖް އިންޓަނޭޝަނަލް އެއާޕޯޓުގައި އުމުރުން ދުވަސްވީ ފަސިންޖަރެއް މަރުވުމާއި ގުޅިގެން އެއަރ އިންޑިއާ އަށް ފާޑުކިޔުން އަމާޒުވެ، އެކުންފުނި ހޫނުފެނަށް ވެއްޓިޖެއެވެ.
މިހާދިސާ ހިނގާފައިވަނީ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އެއާ އިންޑިއާގެ ފްލައިޓް އޭއައި-116 އިން ނިއުޔޯކުން މުމްބާއީ އަށް ދަތުރު ކުރި އުމުރުން 80 އަހަރުގެ ފަސިންޖަރެއް ކަމަށްވާ ބާބޫ ޕަޓޭލް މަރުވީ، އެހީތެރިކަމަށް އެދި ފުރޮލީ ގޮނޑި ބުކްކޮށްފައިވަނިކޮށް، ބޯޓުން ފޭބިއިރު ފުރޮލީ ގޮނޑިއެއް ނުލިބި ޓާމިނަލް ތެރެއަށް ހިނގާފައި ދަނިކޮށް ކުށްލިއަކަށް ވެއްޓިގެނެވެ. މިހާދިސާ ހިނގާދިޔަ ދުވަހު ޕަޓޭލް އާއިއެކު ދަތުރުކުރި އުމުރުން 76 އަހަރުގެ އަނބިމީހާ ނަރުމަދަބެން ޕަޓޭލް ވެސް ވަނީ އެހީތެރިކަމަށް އެދި ފުރޮޅުލީ ގޮނޑި ބުކްކޮށްފަ އެވެ. ނަމަވެސް މިދެމަފިރިންގެ ތެރެއިން ފުރޮލީ ގޮނޑި ލިބުނީ ޕަޓޭލް ގެ އަނބި މީހާ ނަރުމަދަބެން ޕަޓޭލް އަށް އެކަނި ކަމުން، ބާބޫ ޕަޓޭލްއަށް މަޖުބޫރުވީ ހިނގާފައި ދިއުމަށެވެ.
މިހާދިސާގައި ޕަޓޭލް ވެއްޓުނީ އެއަރޕޯޓު ހެލްތު، އޭޕީއެޗްއޯ އޮފީސް ކައިރިންނެވެ. އޭނާ ވެއްޓުމާއެކު އެއާޕޯޓްގެ މެޑިކަލް އޮފިސަރުން ވަނީ އޭނާއަށް ސީޕީއާރު ދިނުމަށްފަހު ނަނާވަތީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާ ސަލާމަތް ކުރުމަށް މަސައްކަތް ކުރި ނަމަވެސް ޗީފް މެޑިކަލް އޮފިސަރު ރޮނާލްޑޯ ވަނީ ޕަޓޭލް ނިޔާވިކަން ކަށަވަރުކޮށްދީފަ އެވެ.
މިހާދިސާ އާއި ގުޅިގެން ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ނުވަތަ ހިނގާބިނގާވެ އުޅެން އުނދަގޫ މީހުން ގެންދިއުމާ ގުޅޭ ގޮތުން އެވުޒާރާގެ ގަވާއިދުތަކާއި ހިލާފުވެފައިވާ ކަމަށް ބުނެފަ އެވެ. އެވުޒާރާގެ ފަސިންޖަރުން ބެލެހެއްޓުމާއި ބެހޭ ގަވާއިދުގައި ވާގޮތުން ވަކި އެހީތެރިކަމެއް ބޭނުންވާ ފަސިންޖަރުންނަށް އެއްވެސް ދަތިކަމެއް ނެތި އެހީތެރިކަން ފޯރުކޮށްދިނުމާއި، ޑިޕާޗާ ޓާމިނަލުން މަތިންދާބޯޓާއި، މަތިންދާބޯޓުން އެރައިވަލް ޓާމިނަލް އެގްޒިޓަށް ރައްކާތެރިކަމާއެކު ގެންގޮސްދިނުން ކަށަވަރުކުރުން އެއާލައިންތަކުން ލާޒިމްވެ އެވެ.
ނަތީޖާއެއްގެ ގޮތުން އެއާ އިންޑިއާއަށް މި ގަވާއިދުތަކަށް އަމަލު ނުކުރުމުން ޑީޖީސީއޭއިން 'ޝޯ ކޯޒް ނޯޓިސް' ދީފައިވާއިރު، ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ. މީގެ އިތުރުން ބޯޓަށް އެރުމާއި ފޭބުމުގެ ތެރޭގައި އެހީތެރިކަން ބޭނުންވާ ފަސިންޖަރުންނަށް ފުރޮޅުލީ ގޮނޑި އެކަށީގެންވާ ވަރަށް ފޯރުކޮށްދިނުމަށް ހުރިހާ އެއާލައިންތަކަކަށް އެޑްވައިޒަރީއެއް ނެރެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު