ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން
ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން
ރާއްޖޭގައި ނުރައްކާތެރި ބައްޔެއް ފެތުރެމުންދާކަން ބައެއް މީހުން ހަނދާން ނައްތާލައިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބުދު ﷲ އަމީން މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަބުދު ﷲ އަމީން ވިދާޅުވީ ރާއްޖޭގައި ފުރާނަ އަށް ނުރައްކާތެރި ބައްޔެއް ހަލުވި ކަމާއެކު ފެތުރެމުންދާކަން ވަރަށް ގިނަ ބަޔަކު ހަނދާން ނައްތާލައިފައިވާ ކަމަށެވެ. މީގެ ކުރިން ކޮވިޑް ބަލި ކޮންޓްރޯލް ކުރެވިފައި އޮތްއިރު ގިނަ ބަޔަކު މާސްކް އެޅި ކަމަށާއި، އެކަމަކު ކޮވިޑް ހަލުވި ކަމާއެކު ފެތުރެމުންދާ މި ދަނޑިވަޅުގައި ބައެއް މީހުން މާސްކް ނާޅައި މަގުމަތީގައި އުޅެމުންދާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

"ޖުލައި 1 ވަނަ ދުވަހުން ފެށިގެން، 28 ،29 ހިސާބަށް އައިއިރު ފުރަތަމަ ހަފުތާގައި މާސްކް އެޅި މިންވަރާ އެހިސާބަށް ދިޔައިރު މީހުން މާސްކް އެޅި މިންވަރާ ވަރަށް ބޮޑެތި ތަފާތުތައް އެބަހުރި." އަމީން ވިދާޅުވިއެވެ.

ކެފޭ ރެސްޓޯރެންޓްތަކުން ވެސް ކުރިއާއި އަޅާ ބަލާއިރު މިހާރު މީހުން ވަރަށް ގިނައިން ފެންނަމުންދާ ކަމަށާއި، ބަލި ކޮންޓްރޯލްވެފައި އޮތްއިރު ވެސް މިހާ ގިނަ މީހުން ކެފޭ ތަކުން ނުފެންނަ ކަމަށް އަމީން ވިދާޅުވިއެވެ.

" ކުރިން ކެފޭ ރެސްޓޯރެންޓްތަކުގައި މީހުން ގިނަވެގެން އުޅޭ ތަނެއް ނުފެނޭ، އެހެން ނަމަވެސް މިހިސާބަށް އައިިއިރު ވަރަށް ގިނަ މީހުން އެބަފެނޭ އަޅުގަނޑަށް ހީވަނީ ބައެއް މީހުން ހަނދާނުން ކައްސާލައިފިހެން ރާއްޖޭގައި ނުރައްކާތެރި ރޯގާ ބަލިމަޑުކަމެއް މިހާރު ފެތެރެމުންދާކަން، އެހެންވީމާ އެކަން އަޅުގަނޑުމެން ހަނދާނުގައި އަބަދުވެސް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް." ހެލްތް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ރާއްޖޭގެ ފަހުގެ އަންދާކުރުންތައް ދައްކާ ގޮތުގައި، ކުރިއަށް އޮތް މަހުގައި ދުވާލަކު އެވްރެޖްކޮށް 170 މީހުން ބައްޔަށް ޕޮޒިޓިވްވެ އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މިންވަރު ވަރަށް ބޮޑުތަން އިތުރުވެދާނެއެވެ. އަދި ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވަމުން ދިއުމަކީ ހޮސްޕިޓަލްތަކަށް ބާރުބޮޑުވެދާނެ ކަމެއް ކަމަކަށް ވާތީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ބުރާސްފަތި ދުވަހު ވެސް ރެކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެދުވަހު ރާއްޖެއިން 152 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު މީގެ ތެރެއިން 89 މީހުންނަކީ ދިވެހިން ކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މިއަދު ވެސް 74 މީހަކު އަލަށް ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން