އިދިކޮޅުު ކޯލީޝަނުން ބާއްވަމުން ގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން
އިދިކޮޅުު ކޯލީޝަނުން ބާއްވަމުން ގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން
ކޯވިޑް-19އާއި ގުޅިގެން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިނާ ޚިލާފުވެގެން ވިޔަފާރި ތަކާއި ސިޔާސީ ޕާޓީތަކަށް ފިޔަވަޅު އެޅުމުގައި ތަފާތުކުރުން ގެންގުޅޭތީ އިޤްތިޞާދީ ތަޖްރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އިސް ސަފުގައި މީގެ ކުރިން ޙަރަކާތްތެރިވެ ވަޑައިގެންނެވި، އަދި އެމްޓީސީސީގެ ކުރީގެ އެމްޑީ ނަފާ ނަސީމް  ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުލަތަށް ޓެކްސް އާއި ފީތައް ދައްކައިގެން މުވައްޒަފުންނަށް މުސާރަ ދީގެން ހިންގާ ވިޔަފާރިތައް އެޗްޕީއޭގެ ގައިޑްލައިން އާއި ޚިލާފުވުމުން ވަގުތުން އެތަންތަން ބަންދުކުރާ ކަމަށެވެ.

އެހެން ނަމަވެސް ދައުލަތުން ފައިސާ ދީގެން ހިންގާ ސިޔާސީ ޕާޓީތައް އެޗްޕީއޭގެ ގައިޑްލައިން އާއި ޚިލާފުވުމުން ފިޔަވަޅެއް ނޭޅޭ ކަމަށް ނަފާ ނަސީމް ވިދާޅުވިއެވެ.

"ދައުލަތުން މިލިއަނުން ފައިސާ ދޭ ސިޔާސީ ޕާޓީތައް އެޗްޕީއޭގެ ގައިޑްލައިން އާއި ޚިލާފުވީމާ އެއްވެސް ފިޔަވަޅެއް ނޭޅޭ، އައްޗާހޭ؟ ކައްޗާހޭ؟" ނަފާ ނަސީމް ވިދާޅުވެފައި ވެއެވެ.



ގައިޑްލައިންތަކާ ޚިލާފަށް އަމަލުކުރި އިތުރު 50 ތަނެއް އިއްޔެ ބަންދުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ. އެގޮތުން އިއްޔެ 99 ތަނެއް އިންސްޕެކްޓުކޮށްފައިވާ ކަމަށާއި ގައިޑްލައިންތަކަށް ނުފެތޭ 50 ތަނެއް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ސެލޫނަކާއި، 24 ފިހާރައަކާއި 22 ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަނެވެ.

ސިޔާސީ ޕާޓީތަކުން އެޗްޕީއޭގެ ގައިޑްލައިން ތަކާ ޚިލާފުވުމުން ވަގުތުން ފިޔަވަޅު ނާޅާ ކަމަށް ވިދާޅުވެ ނަފާ ނަސީމު އެ އިޝާރާތް ކުރައްވަނީ ގިނަ މީހުން އެއްތަނަކަށް އެއްވެގެން ބާއްވާ ޕާޓީތަކާއި އެއްވުންތައް ނުބޭއްވުމަށާއި އިޖުތިމާޢީ ގައިދުރުކަމުގެ އުސޫލާ އެއްގޮތަށް ނޫނީ މީހުން އެއްވާ ތަންތަނުގައި ނޫޅުމަށް އެޗްޕީއޭގެ ގައިޑްލައިންގައި ބުނެފައި ވަނިކޮށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ނުވަތަ އިދިކޮޅު ކޯލިޝަނުން މަގުމަތީގައި މުޒާހަރާކުރަމުންދާ މައްސަލައިގައި ގައިޑްލައިނާ ޚިލާފުވެގެން ފިޔަވަޅު ނާޅާ ވާހަކަ ކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން