އިންޑިޔާގެ ރައްޔިތުކަމުގެ ގާނޫނަށް ގެނައި އިސްލާހުގައި މުސްލިމުން އެކަހެރި ކޮއްލުމުން އެގައުމުގަައި މުޒާހަރާ ކުރަން ފަށައިފިއެވެ.
މި ގާނޫނަށް ގެނައި އިސްލާހުގައި ބުނާ ގޮތުން ޕާކިސްތާން، ބަންގްލަދޭޝް އަދި އަފްގާނިސްތާނުގެ ރައްޔިތުންނަށް އިންޑިޔާގެ ރައްޔިތުކަން ހޯދި ދާނެއެވެ. އެކަމަކު އެމީހަކު މުސްލިމަކު ކަމުގައި ވެގެން ނުވާނެއެވެ. އަދި އިންޑިޔާގައި ގަވާއިދާ ހިލާފަށް އުޅެމުން ގެންދާ މީހުން 2014 ޑިސެމްބަރު 31 ގެ ކުރިން އެތެރެވިކަމުގެ ހެކި ދައްކަން ޖެހެއެވެ.
ކެރެލާ އަދި ވެސްޓް ބެންގާލް ގެ ސްޓޭޓް ސަރުކާރުތަކުން ބުނީ އެ ގާނޫނު އެ ސްޓޭޓްތަކުގައި ތަންފީޒު ނުކުރާނެކަމަށެވެ. އަދި ކެރަލާގައި ހިންގަމުންދާ ސިޔާސީ ޕާޓީ އެއްކަމަށްވާ އިންޑިޔަން ޔުނިޔަން މުސްލިމް ލީގުން ވަނީ އިންޑިޔާގެ ސުޕްރީމް ކޯޓުގައި މިގާނޫނު ތަންފީޒުނުކުރުމަށް ސްޓޭ އޯޑަރަކަށް އެދިފައެވެ.
ބަޔެއް ސިޔާސީ މާހިރުންދެކޭ ގޮތުގައި މި ގާނޫނަށް އިސްލާހު މިގެނައީ އިންތިޚާބު ކައިރިވެފައިވާ އިރު ގައުމުގެ ރައްްޔިތުންގެ ތެރޭގައި ހަލަބޮލިކަން އުފެއްދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު