ރޯދަ މަހު ދެ ފަހަރު އުމްރާ ކުރަން ހުއްދަ ނުދޭން ސައުދީ އަރަބިއްޔާއިން ނިންމައިފި އެވެ.
ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ބުނީ އެގޮތަށް ހުއްދު ނުދޭން ނިންމީ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ނެވެ.
ހަމަ އެހެންމެ މި ނިންމުމަކީ އެންމެންނަށް ހަަމަހަމައަށް އުމްރާގެ ފުރުސަތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ވެސް އެމިނިސްޓްރީން ބުނެއެވެ.
ކޮންމެ އަހަރަކުވެސް ރޯދަ މަހު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު އުމްރާއަށްދާ އިރު މި ފަހަރު ވަނީ ރެކޯޑް އަދަދެއްގެ މީހުން އުމްރާގެ އަޅުކަމަށް މައްކާއަށް ގޮސްފަ އެވެ.
އުމްރާގެ ހުއްދައަށް އެދޭ ނަސުކް އެޕްލިކޭޝަން ބޭނުންކުރާ އިރު ރޯދަ މަހު ދެވަނަ ފަހަރަށް އުމްރާވުމަށް އެދި ހުށަހަޅައިފިނަމަ ހުއްދަ ދެވެން ނެތް ކަމަށް ބުނެ އެޕުން މެސެޖެއް ފެންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ރާއްޖެއިން ވެސް އެންމެ ގިނައިން މީހުން އުމްރާއަށް ދަނީ ރޯދަ މަހު އެވެ.
ހާއްސަކޮށް ގިނަ ދިވެހީން އުމްރާއަށް ދަނީ ފަހު ދިހައަކާ ދިމާވާ ގޮތަށެވެ.
މި ރޯދަ މަހު ވެސް ދިވެހީންގެ ގިނަ ބަޔަކު އުމްރާއަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު