ޤުނޫތު ކިޔާ ހިނދުގައި ދެއަތް އުފުލުމުގެ ޙުކުމާމެދު الإِمَام محمد بن صالح العثيمين رحمه الله އަރިހުގައި ސުވާލު ކުރެވުނެވެ. ޤުނޫތަށް އަތް އުފުލުމަކީ ސުންނަތުގައިވާ ކަމެއްތޯ އެވެ.
އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. އާއެކެވެ. ޤުނޫތުގައި އަތް އުފުލުމަކީ ސުންނަތުގައި ބަޔާންވެގެންވާ ކަމެކެވެ. ފަހެ، ރަސޫލާ ﷺ ފަރުޟު ނަމާދުގައި، ޤުނޫތު ނާޒިލާގައި އަތްޕުޅު އުފުއްލެވިކަމުގައި ވާރިދުވެގެންވެ އެވެ.
އަދި ހަމަ އެފަދައިން އަމީރުލް މުއުމިނީން عمر بن الخطاب رضي الله عنه އަރިހުން ވިތުރީގެ ޤުނޫތުގައި އަތްޕުޅު އުފުއްލެވި ކަމުގައި ވާރިދުވެގެންވެ އެވެ. އެއީ އަހަރެމެން އެބަޔަކަށް ތަބަޢަވުމަށް އަމުރުފުޅު ކުރެވިފައިވާ ޚުލަފާއުއް ރާޝިދޫންގެ އެއް ޚަލީފާ އެވެ.
ދެން އޮތީ އަތް އުފުލުމުގެ ސިފަ އެވެ. އިމާމް އަދި މައުމޫމުންވެސް އެބައިމީހުންގެ އަތްތިލައިގެ އެތެރެ ފަރާތް މައްޗަށްވާ ގޮތަށް އަދި އަތްތިލައިގެ ބޭރު ފަރާތް ބިމަށް ހުންނަ ގޮތަށް ދެއަތްތިލަ ކައިރިކޮށް ހުޅުވާފައި ބެހެއްޓުމެވެ. އަދި އޭނާގެ ލޮލުން ބަލާނީ ހުޅުވާފައިވާ ދެއަތްތިލައިގެ ތެރެއަށެވެ. އަދި ޤުނޫތު ނިމުމުން ދެއަތްތިލަ ތިރިކޮށްލުން ހުއްޓެވެ.
އަތް އުފުލުމަށް އޮތީ ކިހާ ހަމައަކަށްތޯ ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނެވެނީ، ދުޢާއަށް ދެއަތް އުފުލުންވަނީ މޭމައްޗާ ހަމައަށެވެ. ޔަޢުނީ މޫނަށް ވުރެ ތިރިއަށްވާ ގޮތަށެވެ. ޤުނޫތަށް ފަހުގައި މޫނުގައި އަތް އެޅުމަކީ އެއްވެސް ގޮތަކަށް ޘާބިތުވާ ޢަމަލެއް ނޫނެވެ.
النووي ވިދާޅުވެފައިވެ އެވެ. ”މޫނުގައި އަތް އަޅައިގެން ނުވާނެ އެވެ. އެއީ އެކަމުގައި ޞައްޙަ ގޮތެވެ“
ޤުނޫތު ނާޒިލާގައި އަތް އުފުލުމަށް ދަލީލުތައް ވާރިދުވެގެންވެ އެވެ. އޭގެތެރެއިން އިމާމް أحمد ޞައްޙަ ސަނަދެއްގައި ރިވާކޮށްފައިވެ އެވެ.
ޞަޙާބީ أَنَس ވިދާޅުވެފައިވެ އެވެ. فَلَقَدْ رَأَيْتُ رَسُولَ اللَّهِr فِي صَلَاةِ الْغَدَاةِ رَفَعَ يَدَيْهِ فَدَعَا عَلَيْهِمْ ”ހަމަކަށަވަރުން ނަބިއްޔާ ﷺ ނަމާދުގައި އަތްޕުޅު އުފުއްލަވައި އެބައިމީހުންގެ މައްޗަށް ދުޢާކުރެއްވިތަން ދެކެވަޑައިގެންނެވީމެވެ.“

ކިޔުންތެރިންގެ ހިޔާލު