ވިލާ މާޓުން ހަބޭސް ބޮޑުބެރު ގްރޫޕާއި އެކު އީދު ދުވަހުގައި ފޯރިގަދަ ހަރަކާތެއް އޮންނާނެ ކަމަށް ވިލާ ޓްރޭޑިންގ ކުންފުނިން ބުނެފިއެވެ.
ވިލާ ޓްރޭޑިންއިން ބުނީ، އީދު ފާހަގަކުރަން ބާއްވާ މި ހާއްސަ ހަރަކާތް އޮންނާނީ އީދު ދުވަހުގެ ހަވީރު 16:30 އިން 18:00 އަށް ކަމަށެވެވެ. އަދި މި ހަރަކާތް ކުރިއަށްދާނީ ރެހެންދި ހިނގުމުގައި ހުންނަ ވިލާ މާޓްގައި ކަމަށް އެ ކުންފުނިން ބުނެއެވެ.
"އަޅުގަނޑުމެން ހަބޭސް ބޮޑު ބެރު ގްރޫޕާއިއެކު މި ކުރިއަށް ގެންދާ ހަރަކާތް އޮންނާނީ ޓީވީއެމް ކައިރީގައި ހުންނަ ވިލާ މާޓް ކައިރީގައި. ބޮޑު ބެރު އޮންނާނެ އެތާ. ވަރަށް ފޯރި ގަދަވާނެ." ވިލާ ޓްރޭޑިންއިން ފާހަގަކުރިއެވެ.
މީގެއިތުރުން، ބޮޑުބެރުގެ ހަރަކާތްތައް ކުރިއަށްދާ ވަގުތު އެތަނަށް ޒިޔާރަތްކުރާ ކުޑަކުދިންނަށް ހަދިޔާ ބެހުން ވެސް އޮންނާނެ ކަމަށް ވިލާ ޓްރޭޑިންއިން ބުނެއެވެ.
މާދަމާ ހަވީރުގެ ވަގުތަކީ މާލެ ސަރައްހަދުގައި ދުއްވާ އެއްޗިހި ދުއްވުން މަނާ ވަގުތެކެވެ. އެހެން ކަމުން އެ ގަޑީގައި ގިނަ ބަޔަކު އެ ސަރަހަށްދަށް ބޮޑުބެރުގެ ހަރަކާތް ބެލުމަށް އަންނާނެ ކަމަށް ބެލެވޭ ކަމަށް ވިލާ ޓްރޭޑިންއިން ބުނެއެވެ.
އެ ކުންފުނީގެ އެދުމަކީ ވީހާ ވެސް ގިނަ ބަޔަކު އެ ސަރަހަށްދަށް ވަޑައިގެން ބޮޑުބެރުގެ ހަރަކާތުގައި ބައިވެރިވުމެވެ.

ކިޔުންތެރިންގެ ހިޔާލު