އިންޑިއާގެ ފަތުރުވެރިން އިތުރުކުރަން އެ ގައުމުގައި ރޯޑް ޝޯތަކެއް ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ (މަޓާޓޯ)ގެ އިސް ބޭފުޅުން ވަނީ އިންޑިއާގެ ފަތުރުވެރިން އިތުރުކުރުމަށްޓަކައި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނޫ މަހާވީރުއާ ބައްދަލުވެސް ކުރައްވައިފަ އެވެ.

އަދި އެ ބައްދަލުވުމުގައި މާޓާޓޯއިން ވަނީ ރޯޑްޝޯތައް އިންޑިއާގައި ބާއްވަން ނިންމިކަން ހާމަކޮށްފަ އެވެ.

ހަމަ އެހެންމެ އިންޑިއާގެ އިންފްލުއެންސަރުން ރާއްޖެ ގެެނެސް ރާއްޖެ ޕްރޮމޯޓްކުރަން ވެސް ވަނީ ނިންމައިފަ އެވެ.

މަޓާޓޯއިން ބުނީ އިންޑިއާގެ މާކެޓަކީ ރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށާއި އިންޑިއާގެ ޓްރެވަލް އެޖެންޓުންނާއި ގުޅިގެން ރާއްޖެ ޕްރޮމޯޓްކުރަން ބޭނުންވާ ކަމަށެވެ.

އިންޑިއާގެ ފަތުރުވެރިން އިތުރުކުރަން މަޓާޓޯއިން މަސައްކަތް ފެށިއިރު އިންޑިއާ ސަރުކާރާއި ރާއްޖެއާ ދެމެދު ގުޅުން ގޯސްވެ އެ ގައުމުން އަންނަ ފަތުރުވެރިން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

އިންޑިއާއިން އަންނަ ފަތުރުވެރިން މަދުވި އިރު ރާއްޖެ ބޮއިކޮޓްކޮށް އެ ގައުމުގެ ލަކްޝަދީޕަށް ފަތުރުވެރިން ދިއުމަށް ގޮވާލާ ވަރުގަދަ ކެމްޕޭނެއް ވެސް ވަނީ ކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން