އަޙްމަދު ޙުމައިދު   17 އޭޕްރީލު 2024 - 7:1
އެކުވެރި އަރަބި އިމާރާތަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެ މުޅި ގައުމު ހުއްޓުމަކަށް ހިނގައްޖެއެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. އަދި ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާއި ގުޅިގެން، ދުނިޔޭގެ އެންމެ ބާރު ބޮޑު އެއާރޕޯޓު ކަމަށްވާ ޑުބާއި އިންޓަރނޭޝަނަލް އެއާރޕޯޓަށް ޖައްސަން ހަމަޖެހިފައިވާ ފްލައިޓުތައް އެހެން އެއާރޕޯޓުތަކަށް ބަދަލުކުރަންވަނީ ފަށާފައެވެ.

މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ޔޫ.އޭ.އީގެ ސަރުކާރުން ވަނީ ޒަރޫރީ ބޭނުންތަކަށް ނޫނީ ގެއިން ބޭރަށް ނުދިޔުމަށް ރައްޔިތުންގެ ކިބައިން އެދިފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަންޑަރގްރައުންޑް ޕާރކިންގ ތަކުގައި ހުރި ކާރުތަށް އޮޔާ ދާތަން ފެނެއެވެ. އަދި ފިހާރަތަކަށާއި ގެތަކަށް ލިބިފައިވާ ގެއްލުންތައް ފެންނަ ވިޑިއޯތަކާއި ޕޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރު ވަމުންނެވެ.

މިހާ ބޯކޮށް ވާރޭ ވެހެން ދިމާވެފައިވަނީ އެ ގައުމުން ކުރިިޔަށް ގެންދާ ކްލައުޑް ސީޑް އޮޕަރޭޝަންތަކާއި ގުޅިގެންކަމަށް ބެލެވެއެވެ. ކްލައުޑް ސީޑް ކުރުމަކީ ކެމިކަލް ބޭނުންކޮށްގެން ވިއްސާރަ ވިލާތަކުން ވާރޭ ވެހުން އިތުރު ކޮށްދޭ ކަމަކެވެ. ޔޫ.އޭ.އީ އިން ކްލައުޑް ސީޑް ކުރަން ފަށާފައިވަނީ ފެނުގެ ރައްކާތެރިކަމުގެ މައްސަލަތަކަށް ހައްލެއް ހޯދުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން