އދ އިން ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އިދާރާ، ޔޫއެންއާރްޑަބްލިޔުއޭގެ އެންމެ އިސްވެރިޔާ.
އދ އިން ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އިދާރާ، ޔޫއެންއާރްޑަބްލިޔުއޭގެ އެންމެ އިސްވެރިޔާ.
އދ އިން ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އިދާރާ، ޔޫއެންއާރްޑަބްލިޔުއޭ ބަންދު ކުރުމުން ފަލަސްތީނުގެ އެތައް ބަޔަކު ހާލުގައި ޖެހި، ރެފިއުޖީންގެ ގޮތުގައި ތިބި ފަލަސްތީނުގެ ރައްޔިތުންގެ އެތަކެއް ހައްގުތަކެއް ގެއްލިގެންދާނެކަމަށް އެއިދާރާގެ އެންމެ އިސްވެރިޔާ ވިދާޅުވެއްޖެއެވެ. ޔޫއެންއާރްޑަބްލިޔުއޭ އެންމެ އިސްވެރިޔާ ފިލިޕް ލަޒާރީނީ މިހެން ވިދާޅުވެފައިވަނީ އދ ގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން، އެއިދާރާ ބަންދު ކުރުމަށް އިސްރާއީލުން ގޮވާލި ގޮވާލުމަށް ރައްދުދެއްވައެވެ.

އދ ގެ ސަލާމަތީ މަޖިލީހުގެ މި ބައްދަލުވުމަކީ، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހާއްސަކޮށް ގާއިމުކޮށްފައިވާ އދ ގެ އެ އިދާރާއިން ކުރަމުންދާ މަސައްކަތް ހުއްޓުމަކަށް ގެނައުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތާއި ގުޅިގެން، ޖޯޑަންގެ އެދުމަކަށް ބޭއްވި ބައްދަލުވުމެކެވެ.

މިބައްލުވުމުގައި ވާހަކަ ދައްކަވަމުން ފިލިޕް ލަޒާރީނީ ވިދާޅުވީ އދ ގެ އެ އިދާރާ ނިމުމަކަށް އައުމުން ޣައްޒާގައި ބަނޑުހައިހޫނުކަން ފެތުރުން އަވަސްވެގެން ދިއުމާއި އެކު ހަނގުރާމަ ހުއްޓާލިނަމަވެސް އާންމު ދިރިއުޅުމަކަށް ވުޖޫދުވުމަށް ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވާނެ ބަޔަކު ނެތުމުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށެވެ.

އދ އިން ފަލަސްތީނަށް އެހީވުމަށް ގާއިމުކޮށްފައިވާ ހާއްސަ އިދާރާ ބަންދު ކުރުމަށް އިސްރާއީލުން ގޮވާލާފައިވާއިރު، އިސްރާއީލުން ދަނީ އެ އިދާރާގެ މަސައްކަތް ހުއްޓުވުމަށް އެކި ގޮތްގޮތުން ހުރަސް އަޅަމުންނެވެ. މީގެތެރޭގައި ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅުމުގެ އިތުރުން، އެއިދާރާ ހިންގުމަށްވެސް އެތައް ހުރަހެއް އަޅަމުންދާކަމަށް އެއިދާރާއިން ރިޕޯޓުކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން އިސްރާއީލާއި ހަމާސްއާ ދެމެދު ހިންގަމުންދާހަނގުރާމައިގެ ތެރޭގައި ޣައްޒާގައި ގާއިމުކޮށްފައިހުރި 163 އަށް ވުރެ ގިނަ ޔޫއެންއާރުޑަބްލިއުއޭގެ އެހީދޭ މަރުކަޒުތަކަށް ގެއްލުން ދީފައިވެއެވެ. އަދި އެ އިދާރާގެ 24 ސިއްހީ ހިދުމަތްދޭ ތަނުގެ ތެރެއިން މިހާރު އޮޕަރޭޓް ކުރަމުންދަނީ އެންމެ ނުވަ ތަން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން، ހަމާސް އިން މިދިޔަ އަހަރު އޮކްޓޯބަރ މަހު ދިން ހަމަލާގައި އެއިދާރާގެ ބައެއް މުވައްޒިފުންގެ އަތެއް ވާކަމަށް އިސްރާއީލުން ތުހުމަތު ކުރުމުން، އެއިދާރާއަށް އެކި ގައުމުތަކުން މިއަހަރުގެ ޖެނުއަރީ މަހު ފައިސާ ދިނުން ހުއްޓާލިއެވެ. އިސްރާއީލުން ކުރި ތުހުމަތުގެ އެއްވެސް ހެއްކެއް ހުށަހަޅައިފައި ނުވިނަމަވެސް، އދ އިން ވަނީ އެކަން ތަހުގީގުކޮށް، ބައެއް މުވައްޒަފުންވެސް ވަކިކޮށްފައެވެ.

މިކަންކަމަށް ރިއާޔަތްކޮށް ލަޒާރީނީ ވިދާޅުވީ ޔޫއެންއާރުޑަބްލިއުއޭ ބަންދުކުރުމަށް އިސްރާއީލުން ގޮވާލާ ގޮވާލުންތަކަކީ ފަލަސްތީނުގެ އެތައް މިލިއަން މީހުން ހާލުގައި ޖެއްސުމާއި، ރެފިއުޖީންގެ ހާލަތުން އަރައިގަންނަން ފަލަސްތީނުގެ ރައްޔިތުންނަށް އެއިދާރާއިން ދެމުންދާ އިންސާނީ އެހީތެރިކަން ހުއްޓުވަން އަމާޒުކޮށް ހިންގާ ލާއިންސާނީ އަމަލުތަކެކެވެ. އަދި އިސްރާއީލުގެ ހަގީގީ މަގުސަދަކީ ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި ސުލްހަވެރިކަން ގާއިމުކުރުމަށް ކުރާ މަސައްކަތް ހުއްޓުވުން ކަމަށް ލަޒާރީނީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން