ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު
ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު
ޤައުމު ހިންގަން ނޭގުމުން ހުރިހާކަމެއް ކޯވިޑް-19 އާއި މަތިކޮށްފައި ރެކެން ނޫޅުއްވުމަށް މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިޤްތިޞާދު ހީނަރުވެ އިޤްތިސާދީ ހީނަރުކަމުގެ އަސަރު ނުހަނުބޮޑަށް ރައްޔިތުންނަށް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި އެކަމުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ޑރ. މުއިއްޒުވަނީ ސަރުކާރަށް ގޮވާލައްވާފައެވެ. މިހާލަތާއި ގުޅިގެން ޤައުމަށް ކުރަމުންދާ ނޭދެވޭ އަސަރާއި، އަދި ކުރިމަތިވަމުންދާ ހުރިހާކަމެއްގެ ޒިންމާ ކޯވިޑް-19 އާއި މަތިކޮށްފައި ރެކެން އުޅުމަކީ ހައްލެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުން އަރައިގަނެވޭނީ ރަނގަޅު އިޤްތިޞާދީ ޕްލޭނެއް އޮވެ އެއާއި އެއްގޮތަށް އަމަލުކުރެވިގެންކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ކޯވިޑް-19 އަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޞިއްހީ ބޮޑު ކާރިސާއަކަށްވާއިރު، ދުނިޔޭގެ އެހެން ޤައުމުތައްވެސް މިކަމާއި ކުރިމަތިލައި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރާ މަންޒަރު ފެންނަމުންދާކަމުގައި ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި އެޤައުމުތަކުން ނަމޫނާ ލިބިގަނެ ރަނގަޅު ރިކަވަރީ ޕެކޭޖްތައް ތަޢާރަފްކޮށް މި އަނދަވަޅުން އަރައި ގަތުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ކުރުމަކީ މިއަދު ބަހަނާ ނުދައްކައި ކުރަންޖެހޭ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ޤައުމު ހިންގަން ނޭގުނީމަ ހުރިހާކަމެއް ކޯވިޑް-19 އާއި މަތިކޮށްފަ ރެކުންތޯ ސްޓްރެޓަޖީއަކީ؟ އެހެން ޤައުމުތަކުގައިވެސް ކޯވިޑް19 އައިސް، އޭގެ ތެރެއިން ގިނަ ޤައުމުތަކުން ރަނގަޅު މެނޭޖްމަންޓް ޕްލައިންއެއްގެ ދަށުން ރިކަވަރީ ސްޓޭޖަށް ގޮސް ރި ބިލްޑިންގ ސްޓޭޖް ފަށައިގަނެފި. ބަހަނާއެއް ނުދައްކާ. ލީޑަރޝިޕް ދެއްކި." މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސޯދު ދަމަހައްޓަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި ވިޔަފާރިތަކާއި އެހެނިހެން ދާއިރާ ތަކަށް އެހީވާނެ "ރިޒާވެއް" ނެތުންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ވިޔަފާރިތައް ހިފައްޓަން ބޭނުންވާ ވަރަށް ފައިސާ ނެތުމަކީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައި ދިނުމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

މިހާލަތުގައި މުޅި ދުނިޔެ އޮތްއިރު ޤައުމުތަކުން ލޯނު ދިނުމަށްވެސް މިހާރު ދަނީ ދެކޮޅު ހަދަމުންނެވެ. ނަމަވެސް އިޤްތިޞާދީ ރަނގަޅު ޕްލައިނެއްގެ ތެރެއިން މަަސައްކަތް ކުރެވިއްޖެނަމަ ނަތީޖާއަކާއި ހަމަޔަށް ދެވޭނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ބަންޑޭރި

08-Aug-2020

އިއްތިފާގަކުން ކުރީގެ ވަޒީރުންގެ އާއިލާގެ މެންބަރުންނަށާއި ޕާޓީކުދިންނަށް ލިބިފަހުރި ފްލެޓް ތަކުގެ ވާހަކަ ދެއްކުން މާ އައުލާކަން ބޮޑު.ކޮންމެ ވަޒީރަކަށް 20 ފްލެޓް މިބޮޑުޖަރީމާ ހިންގިމީހާ އަނގަ ފުޅާކުރަން ލަދާ ހަޔާތާ ކޮބާބާ؟


-1

ބަންޑޭރި

08-Aug-2020

އިއްތިފާގަކުން ކުރީގެ ވަޒީރުންގެ އާއިލާގެ މެންބަރުންނަށާއި ޕާޓީކުދިންނަށް ލިބިފަހުރި ފްލެޓް ތަކުގެ ވާހަކަ ދެއްކުން މާ އައުލާކަން ބޮޑު.ކޮންމެ ވަޒީރަކަށް 20 ފްލެޓް މިބޮޑުޖަރީމާ ހިންގިމީހާ އަނގަ ފުޅާކުރަން ލަދާ ހަޔާތާ ކޮބާބާ؟


4

ޙަސަންސޮބްރީ

07-Aug-2020

ވަޒީރުކަމަށް ފެންނޮވައިގެންފަ ހުއްޓަސް ދައުރު ނިމެންދެން ހިޔްވަރުކޮށްލާ. ތިފާޑަށް އުޅުނަސް އަދި ވަޒީރުކަމެއްނުލިބޭނެ


-15

ޙަސަންސޮބްރީ

07-Aug-2020

ވަޒީރުކަމަށް ފެންނޮވައިގެންފަ ހުއްޓަސް ދައުރު ނިމެންދެން ހިޔްވަރުކޮށްލާ. ތިފާޑަށް އުޅުނަސް އަދި ވަޒީރުކަމެއްނުލިބޭނެ



ޓްރެންޑިން