އިންޑިއާގެ ޓަމިލް ނާޑޫގައި ހަވާ ތައްޔާރު ކުރާ ފެކްޓަރީއެއް ގޮވައިފިއެވެ.

އިންޑިއާގެ ޓަމިލް ނާޑޫގެ ސިވަކާސީގައި ހިނގާދިޔަ މި ހާދިސާގައި 5 އަންހެނަކާއި 4 ފިރިހެނަކު ވަނީ މަރުވެފައެވެ. އަދި 15 މީހުންނަށް އެކިވަރުގެ އަނިޔާވެ ފަރުވާ ހޯދަމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިހާދިސާ އާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ މި ހާދިސާގައި މަރުވެފައިވާ މީހުންނަށް ތައުޒިޔާ ވިދާޅުވެ ހިތާމަ ފާޅުކުރައްވާފައެވެ. އަދި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.



މި ގޮވުން ހިނގި ޓަމިލް ނާޑޫގެ ވިރުދުނަގަރް ޑިސްޓްރިކްޓް އަކީ ހަވާ ތައްޔާރު ކުރާ ބައިވަރު ފެކްޓަރީތަށް ހިމެނޭ ސަރަހައްދެކެވެ. އަދި މި ސަރަހައްދަކީ މިކަހަލަ ހާދިސާތަށް އާންމުކޮށް ހިނގާ ސަރަހައްދެއްކަމަށް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން