އެމް.ޑީ.ޕީ އުވިދިޔަ ނުދިނުމަށް އެ ޕާޓީގެ ކުރީގެ ޗެއާރޕާސަން ރީކޯ މޫސަ ގޮވާލައިފިއެވެ.

ރީކޯ މޫސަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވޭތުވެދިޔަ ފަސް އަހަރުގައި އެމް.ޑީ.ޕީއަށް ދިމާވި ކަންތައްތައް ހުލާސާކޮށް ވިދާޅުވެދެއްވާފައެވެ. މި ޕޯސްޓުގައި ޕާޓީގެ ކުރީގެ އަދި މިހާރުގެ ލީޑަރޝިޕަށް ވަނީ ވަރަށް ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ. އަދި މިހާރުގެ ލީޑަރޝިޕް އެއްކޮށް އިސްތިއުފާދޭން ޖެހޭކަމަށްވެސް މޫސަ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރީކޯ މޫސަވަނީ ޕާޓީގެ މުސަތަގްބަލް ބިނާކުރަން އާންމު މެންބަރުން ތެދުވަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ފައިސާ ހޯދައިގެން ހަރުގެތައް ހިންގާ އަނިޔާވެރިކަމާއި ދެކޮޅަށް މަސައްކަތްކޮށް ޖަލުތަކުގައި ދުވަސްތައް ހޭދަކުރި އާންމު މެންބަރުން ފަހަތަށް ނުޖެހުމަށްވެސް މޫސަ ވަނީ ގޮވާލައްވާފައެވެ.



އެމް.ޑީ.ޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާއި ގުޅިގެން ޕާޓީގެ ކުރީގެ ރައީސް، ރައީސް ނަޝީދުވަނީ ގިނަ މެންބަރުންތަކެއް ގޮވައިގެން ނުކުމެ ވަޑައިގެން ދަ ޑެމޮކްރެޓްސްގެ ނަމުގައި ވަކި ސޮޔާސީ ޕާޓީއެއް އުފައްދަވާފައެވެ. މިކަމާއި ގުޅިގެން އެމް.ޑީ.ޕީ ބަލިކަށިވެފައިވާކަމަށް ގިނަ ބަޔަކު ދެކެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ސިރާޖު

15-Jun-2024

މޫސަގެ ނަސޭހަތައް ތާއިދު



ޓްރެންޑިން