މިއަހަރުގެ ރޯދަ މަހު ކުރިއަށްގެންދިޔަ ފަސްމީރު މާމީރު ރޯދަ ޕްރޮމޯޝަންގެ ގުރުއަތު ނަގައިފިއެވެ.
ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ފަސްމީރު މާމީރު ރޯދަ ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. ފައިސާގެ އަގުހުރި އިނާމުތަކަކާއި އެކު ކުރިއަށްދިޔަ މި ޕްރޮމޯޝަނުގެ އެއްވަނަ އަށް ގުރުއަތުން ހޮވޭ ފަރާތަކަށް 100،000 ރުފިޔާ ވަނީ ހުށައަޅާފައެވެ. އަދި ދެވަނަ އަށް ގުރުއަތުން ހޮވޭ ފަރާތަކަށް 50،000 ރުފިޔާ ވަނީ ހުށައަޅާފައެވެ. މީގެއިތުރުން ތިންވަނައަށް ގުރުއަތުން ހޮވޭ ފަރާތަކަށް 25،000 ރުފިޔާ ވަނީ ހުށައަޅާފައެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ މިފްކޯގެ ކޮންމެ އައުޓްލެޓަކުންވެސް 200 ރުފިޔާ އިން މަތީގެ ވިޔަފާރިއެއް ކުރައްވާ ފަރާތްތަކަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އިންތިޒާމާއެކުއެވެ.
ފަސްމީރު މާމީރު ރޯދަ ޕްރޮމޯޝަން ނިންމައި މި ޕްރޮމޯޝަނުގެ ގުރުއަތު ނަގާފައިވަނީ މިއަދުއެވެ.
މި ޕްރޮމޯޝަނުގެ ގުރުއަތުން ތިންވަނަ އިނާމު ހާސިލު ކުރި ބައިވެރިއަކަށް ހޮވިފައިވަނީ، ކޫޕަން ނަންބަރ؛ 025440، އައިޝަތު އަފާން އެވެ. އަދި ދެވަނަ އިނާމު ހާސިލު ކުރި ބައިވެރިއަކަށް ހޮވިފައިވަނީ، ކޫޕަން ނަންބަރ؛ 042519، ސްރީ ޕްރީތަމް ކުމާރް އެވެ. މީގެ އިތުރުން މި ޕްރޮމޯޝަނުގެ އެއްވަނަ އިނާމު ހާސިލު ކުރި ބައިވެރިއަކަށް ހޮވިފައިވަނީ، ކޫޕަން ނަންބަރ؛ 009601، ޔޫސުފް އެވެ.
ރޯދަ މަހަށް ހާއްސަކޮށް ކުރިއަށްގެންދިޔަ މި ޕްރޮމޯޝަނަށް އެތައް ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު