ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
އެމްޑީޕީން ބުނީ މި ބައްދަލުވުން އޮތީ މިއަދު މެންދުރު ފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކަމަށެވެ.
މި ބައްދަލުވުމުގައި، ނިމިގެންދާ މަޖިލިސް ދައުރުގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ގޮތާއި ބެހޭ ގޮތުން އެމްޑީޕީގެ ރައީސް ވަނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްއާ މަޝްވަރާކުރަށްވާފައެވެ.
މި ބައްދަލުވުމުގައި ޝާހިދު ވަނީ އެމް.ޑީ.ޕީން ދިވެހިރާއްޖެއަށް ތަޢާރަފުކުރި ޓެކްސްގެ ނިޒާމް އިތުރަށް ފުރިހަމަކުރުމަށް އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު ފާސްކޮށް، އިޤްތިޞާދު ހަމަމަގުގައި ކުރިއަށްދާކަން ކަށަވަރުކުރުމަށް މަޖިލީހުންނާއި ކޮމިޓީތަކުން މުހިއްމު މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަ ކުރަށްވާފައެވެ.
އޭގެއިތުރުން ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލާއި، ހެއްކާއި ބެހޭ ބިލާއި، މަދަނީ އިޖުރާތާއި ބެހޭ ބިލާއި، ޗާރޓަޑް އެކައުންޓެންޓުންގެ ބިލާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގެ އިތުރުން ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ބިލްގެ މަސައްކަތް އެމް.ޑީ.ޕީ މެމްބަރުން އިސްވެ ތިއްބަވައިގެން ނިންމެވިކަން ޝާހިދު ފާހަގަ ކުރެއްވިކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
“ހަމައެއާއެކު ލާމަރުކަޒީ ޤާނޫނު ފާސްކޮށް، އެނިޒާމް ހަރުދަނާކަމާއެކު ހިނގަމުންދަނީ 19 ވަނަ މަޖިލީހުގެ މުހިއްމު ދައުރެއް އޮވެގެންކަން ޝާހިދު ފާހަގަކުރެއްވިއެވެ. ޝާހިދު ވިދާޅުވީ އެމް.ޑީ.ޕީ އަކީ އަބަދުވެސް މަސައްކަތްތެރިންގެ ހައްޤުގައި މަސައްކަތްކުރާނެ ޕާޓީކަމަށާއި، 19 ވަނަ މަޖިލީހުން އިންޑަސްޓްރިއަލް ރިލޭޝަންސްއާއި ބެހޭ ބިލާއި، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ބެހޭ ބިލް ފާސްކުރުން އެކަމުގެ ހެއްކަކަށް ފުދޭކަމަށެވެ.” އެމްޑީޕީން ބުނެފައިވެއެވެ.
މި ބައްދަލުވުމުގައި ޝާހިދު ވަނީ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ގޮތުގައި އެމް.ޑީ.ޕީ އޮވެ، މައިނޯރިޓީއަށް އިހްތިރާމް ކުރެއްވުމުގައި ދެއްކެވި ނަމޫނާއަށާއި އެމް.ޑީ.ޕީ ގެ ޕާލަމެންޓްރީ ގްރޫޕުން ކުރެއްވި ބުރަ މަސައްކަތްތަކަށް ޝުކުރު އަދާކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު