މާލޭގައި ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ގެއްލިގެން ހޯދަމުންދާ ޒުވާނާ ކަމަށް ފުލުހުން ބުނެފި އެވެ.

ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ފެނުނީ މާފަންނު ރަބީއުވިލާ ގެ ތެރެއިންނެވެ. ފުލުހުން ބުނީ މާފަންނު ރަބީއުވިލާ ގޭގެ ގްރައުންޑް ފްލޯގައި ފިރިހެނަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު ލިބުނީ ހޯމަ ދުވަހު 14:20 އެހާކަންހާއިރު ކަމަށެވެ.

އެއީ ކާކުން އޭރު ދެނެގަނެވިފައިނުވާތީ ފުލުހުން ވަނީ ސައިންޓިފިކް ތަހުލީލުތަކެއް ހަދާފައެވެ. އެތަހުލީލްތަކަށް ފަހު ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައި ވަނީ ގެއްލިގެން ހޯދަމުންދާ މއ. ބޯޅަކިންކިރިމާގެ އަހްމަދު އައިމަން (އައްކި) ކަމަށެވެ.

މި މައްސަލަ ތަހުގީގުކުރަމުން ގެންދާކަމަށް ފުލުހުން ބުންޏެވެ.

މަރުވެފައި އޮއްވާ މިއަދު ފެނުނު އައިމަން ގެއްލިގެން އާއިލާ އިން ހޯދާތާ ފަސް ދުވަސް ވަނީ ވެފައެވެ. އޭނާ ގެއްލިގެން ފުލުހުންގެ ޚިދުމަތުން މިއަދު އިއުލާނެއް ވެސް ވަނީ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން