ދެ ޤައުމަކަށް ޢައްޔަން ކުރާ ސަފީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވަނީ ތުރުކީއާއި ޕާކިސްތާނަށް ޢައްޔަތު ކުރެއްވުމަށް ރައީސް ފޮނުއްވި ބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ.
އެގޮތުން ތުރުކީއަށް ރާއްޖޭން ކަނޑައަޅާ ސަފީރަކަށް ރިޓަޔާޑް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަނުކުރުމަށާއި ސައުދީ އަރަބިއްޔާއަށް ރާއްޖޭން ކަނޑައަޅާފައިވާ ސަފީރު، އެ މަގާމުގެ ބަދަލުގައި ޕާކިސްތާނަށް ކަނޑައަޅާ ސަފީރުގެ ގޮތުގައި އައްޔަނުކުރުމަށް ކޮމިޓީން ފާސްކޮށްފައިވެއެވެ.
އެ ދެބޭފުޅުންނަށް ރުހުން ދޭން ފެނޭތޯ ކޮމިޓީގައި ވަކިވަކިން ނެގި ވޯޓުގައިވަނީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ގޮތަށް ދެ ޤައުމަށްވެސް ސަފީރުން ޢައްޔަން ކުރުމަށް ރުހުން ދިނުމަށް ކޮމިޓީގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.
މި ދެ ބޭފުޅުންނަށް ރުހުން ހޯދުމުގެ މައްސަލަ ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އެ މައްސަލަ ކޮމިޓީއަށް ފޮނުވީ މި މަހުގެ 4 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު