އަރްމީނިއާ އިން ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގެންފިކަން އަރްމީނިއާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އިންސާނީ ހައްގުތަކަށް އަރައިގަނެ ކުށެއް ނެތް އެތައް ބައެއްގެ ފުރާނަ ދުއްވާލަމުންދާ ނިރުބަވެރި ޔަހޫދީ އިސްރާއީލަށް ފުރައްސާރަކޮށް އަރްމީނިއާގެ ފޮރިން މިނިސްޓްރީން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި. ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަނެފައިވާ ކަމަށް ބުނެފައިވެއެވެ.

އެ ބަޔާނުގައި އިސްރާއީލުން ފަލަސްތީނުގައި ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓައި، ދެ ގައުމުން ސުލްހަވުމަށް ގޮވާލާ އދ. ގެ ގަރާރަށް ތާއީދު ކުރާ ކަމަށް ހާމަކޮށްފައިވެއެވެ.

އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ބައެއް ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަވަރަކަށް، އިސްރާއީލުގެ އޮފިޝަލުންގެ ފާޑުކިޔުންތައް ވަނީ އެ ގައުމުތަކަށް އަމާޒުވެފަ އެވެ. އިސްރާއީލުން ފާޑުކީ ނަމަވެސް، ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ ގައުމުތައް އިތުރުވެ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލާ ފަރާތްތައް ވެސް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


2

ާއަނޮނިމަސް

22-Jun-2024

ހަމަ އެންމެ ރަނގަޅަށް ވަނީ



ޓްރެންޑިން