އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   18 އޯގަސްޓު 2020 - 6:25
ދިހަ އަހަރުގެ ކުޑަކުއްޖެއްގެ މަރާއި ގުޅިގެން 40 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފިއެވެ.



ވެސްޓް ލަންޑަންގެ ފުލުހުން ބުނެފައިވަނީ، އެކްޓަންގެ ކަމްބާރލޭންޑް ޕާރކްގެ ފްލެޓެއްގައި މަރުވެފައި އޮތް 10އަހަރުގެ ކުއްޖެއްގެ މަރާއި ގުޅިގެން 40 އަހަރުގެ އަންހެނެއް ހައްޔަރުކޮށްފައި ވާ ކަމަށެވެ.



ފުލުހުންބުނެފައި ވަނީ އެ ޙާދިސާގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވަނީ މިހާރު ކުޑަކުއްޖާގެ މަރުގެ ތުހުމަތުގައި މިހާރު ހައްޔަރު ކޮށްފައިވާ އަންހެންމީހާ ކަމަށެވެ. އެ އަންހެން މީހާ ފުލުސް އޮފީހަށް ދަންވަރު 02:30 ގައި ގޮސްމައްސަލަ ރިޕޯޓް ކުރުމުން ފުލުހުން ވަނީ ފަސްޓް ރެސްޕޮންޑް ޓީމަކާއި އެކު އެގެއަށް ގޮސްފައެވެ. ފުލުހުންނަށް މަރުވެފައިވާ 10 އަހަރުގެ ކުއްޖާ ފެނިފައިވަނީ އެގެއަށް ދިއުމުންނެވެ.



ފުލުހުން ބުނެފައިވަނީ މަރުވެފައިވާ ކުއްޖާއަކީ ކޮން ކުއްޖެއްކަން ފުލުހުންނަށް އެނގުނު ނަމަވެސް، ރަސްމީ އިދާރާތަކުން އެ ކުއްޖާގެ ރަސްމީ އައިޑެޓިފިކޭޝަން ފޯރުކޮށްދޭނެ ވަގުތަކަށް އިންތިޒާރު ކުރަމުން ގެންދާކަމަށެވެ. މައްސަލައިގެ ރިޕޯޓް ކުރި 40 އަހަރުގެ މިއަންހެން މީހާ ހައްޔަރު ކޮށްފައިވަނީ ކުޑަ ކުއްޖާ މަރާލި ކަމަށް ޝައްކު ކުރެވޭތީ ކަމަށްވެސް ފުލުހުން ބުނެއެވެ. ނަމަވެސް މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށާއި، ޕޯސްމޯރޓަމް ހެދުމަށް ތައްޔާރު ވަމުންދާ ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން