އައިޖީއެމްއެޗް ސަރަހައްދުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން ގާއިމުކުރި ޑްރެއިން ސިސްޓަމާއެކު އެ މައްސަލަ ހައްލުވެއްޖެ އެވެ.
އައިޖީއެމްއެޗް ހުންނަ ސަރަަހައްދަކީ ވާރޭ ވެހިއްޖެނަމަ ވަރަށް ބޮޑަށް ފެންބޮޑުވާ ސަރަހައްދެކެވެ. ނަމަވެސް ރޭ ފަތިހާއި މިއަދު ހެނދުނު ކުރި ވިއްސާރައިގައި ވެސް އެ ސަރަހައްދުގައި ފެންބޮޑެއް ނުވެއެވެ.
އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް ވެސް މިއަދު އެކަން ފާހަގަކުރެއްވި އެވެ. ހަލީމް ވަނީ ވާރޭ ވެހުނު ފަހުން އެ ސަރަހައްދު އޮތް ގޮތް ފެންނަ ވީޑިއޯއެއް ވެސް ހިއްސާ ކުރައްވައިފަ އެވެ.
"ސްޓޯމް ޑްރެއިނޭޖް ސިސްޓަމް އެބަ މަސައްކަތް ކުރޭ. މިތާ ފެންބޮޑުވެފައެއް ނެތް." ހަލީމް ވިދާޅުވި އެވެ.
މާލޭގެ ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދަން ސަރުކާރުން މަސައްކަތް ފަށައިފައިވާ އިރު ޗައިނާ ސަރުކާރުގެ އެހީގައި މުޅި މާލޭގެ މަގުތައް ހެދުމުން ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު