ހުޅުމާލޭގައި ހިންގަމުންދިޔަ ސްޕާއެއްގައި ހަށިވިއްކަމުންދިޔަ ދިވެހިބަޔަކާއި ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ތިން އަންހެނުންނާއި ދިވެހި ފިރިހެނެއްގެ އިތުރުން ތައިލެންޑަށް ނިސްބަތްވާ ތިން އަންހެނުން ކަަމަށެވެ.

ހަށިވިއްކާ ތަނެއްގެ ގޮތުގައި ހިންގަމުން ދިޔަ މި ތަން ފުލުހުން ބަލައި ފާސްކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ހައްޔަރު ކުރި ހަތް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތައިލެންޑު ތިން އަންހެނުން ދިހަ ދުވަހަށް ދިވެހި ތިން އަންހެނުން ހަތް ދުވަހަށް އަދި ފިރިހެން މީހާ ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން