ގިނަ އަދަދެއްގެ ކުލަ ފާޓާތަކެއް ބަރުކޮށްގެން މާލެ-ހުޅުމާލެ ހައިވޭ މަގުން ދަތުރުކުރި ޕިކަޕަކުން ކުލަ ފާޓާތައް މަގުމައްޗަށް ވެރި މަގުގެ ބޮޑުބައެއްގައި ކުލަ ލެވިއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައި ވަނީ ބޮޑުތަކުރުފާނު މަގުން މޫންލައިޓް ހިނގުން ގުޅޭ ހިސާބުގައި ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރު 12:18 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގެ ފޮޓޯތައް މީސްމީޑިޔާގައި ދައުރުވެފައިވާއިރު ފޮޓޯތަކުން ގިނަ އަދަދެއްގެ ކުލަ ފާޓާތައް މަގުމަތީގައި ބަހައްޓާފައިވާތަން ފެނެއެވެ. އަދި މަގުމައްޗަށް ވެސް ކުލަ އެޅިފައިވާ މަންޒަރު ފެނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި ސަރަހައްދުގައި ފުލުހުންވެސް ހަރަކާތްތެރިވަމުންދާއިރު ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ކަމާގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައިވާ ކަމަށެވެ.

މަގުމައްޗަށް އެޅިފައިވާ ކުލަ ފާޓާތައް ނަގައި މަގުގެ އެއްފަރާތުގައި ބެހެއްޓުމަށް ފަހު މަގު ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން