އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝް ކާޑެއް ވަގަށް ނަގައި އެ ކާޑުން ގިނަ އަދަދެއްގެ ފައިސާ ނެގި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ގއ. ގއ. ވިލިނގިލީ އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝް ކާޑެ ބޭނުންކޮށްގެން ގއ. މާމެންދޫ ބީއެމްއެލް ބްރާންޗުގެ އޭޓީއެމުން ފައިސާތަކެއް ނެގި މައްސަލައެއް ރޭ 08:13 ކަންހާއިރު ރިޕޯޓްކުރި ކަމަށެވެ.

އަދި އެ ރިޕޯޓާ ގުޅިގެން ފުލުހުން އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށާއި އަދި ކާޑުން ފައިސާ ނެގިކަމަށް ތުހުމަތުކުރެވޭ މީހުން އަތުލައިގަނެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެ މީހުން ހައްޔަރުކުރީ މާމެންދޫއިން ވިލިނގިއްޔަށް ދަތުރުކުރަމުންދަނިކޮށް ކަނޑުމަތިން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

އަދި އެ މީހުން ވަގަށް ނެގި ކާޑުން ނެގި ކަމަށް ބެލެވޭ 25،000 ރުފިޔާގެ ތެރެއިން 23،000 ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރުވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެއީ ގއ. ވިލިނގިލި، ލައިފް، މުހައްމަދު ޝާއިމް ޝަމީޒް، 22އ، އަދި ލ. ގަން، ތުނޑި، ނޯތު ހެވަން، ހަމްދޫން ހަލީލް، 24އ އެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން