98 ފުލުހަކު، ފުލުހުންގެ ޚިދުމަތާ މިއަދު ގުޅިއްޖެއެވެ.
މިއަދު ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުންނަށް ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިސްކަންދަރު ބިލްޑިންގައެވެ. މިއަދު ބޭއްވި މި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ހުސައިން މަޒީދެވެ.
ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 98 ފުލުހުންގެ ތެރެއިން 20 ފުލުހުންނަކީ އަންހެން ފުލުހުންނެވެ. އަދި 73 ފުލުހުންނަކީ ފިރިހެން ފުލުހުންނެވެ. މިއަދުގެ ރަސްމިއްޔާތުގައި ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންސްޓަބިއުލަރީ އަންހެން ދެ ފުލުހުންނާއި ފިރިހެން ތިން ފުލުހުންވެސް ބައިވެރިވެފައިވެއެވެ.
ހުވާކުރުމަށްފަހު އެ ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.
މި ރަސްމިއްޔާތުގައި ހެޑް އޮފް ހިއުމަން ރިސޯސަސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްތާން އަޙްމަދު ބިޝާރު، ހެޑް އޮފް ސެރެމޮނީސް އޮފިސަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދު އަދި ހެޑް އޮފް ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖަމެންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝަރީފް ބައިވެރިވެލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު