މާލެ ސަރަހައްދުގައި ހުރި އޮޕަރޭޝަން ތިއޭޓަރުތަކުގެ އަދަދު އިތުރުކުރަން ނިންމާފައިވާ ކަމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން މާލެ ސަރަޙައްދުގެ ސަރުކާރުގެ ހޮސްޕިޓަލްތަކުގެ އޮޕަރޭޝަން ތިއޭޓަރުތަކުގެ އަދަދު 12 އަށް އިތުރުކުރެވޭނެކަމަށެވެ.
އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވީ މިވަގުތު އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލްގައި ޚިދުމަތް ދެމުން ގެންދަނީ ހަތަރު އޮޕަރޭޝަން ތިއޭޓަރުގައިކަމަށެވެ. ނަމަވެސް އައިޖީއެމްއެޗްގެ ބެޑް ކެޕޭސިޓީ އިތުރުވުމާއެކު އެ އަދަދު އަށެކަށް އަރާނެކަމަށެވެ.
ހުޅުމާލޭގައި ބޮޑު އާބާދީއެއް އޮތް އިރުވެސް މިހާތަނަށް ހުޅުމާލެ ހޮސްޕިޓަލްގައި އައިސީޔޫއެއް ނެތްކަން އަބްދުއްރައްޒާގު ޙަލީމް ފާހަގަކުރެއްވިއެވެ. އަދި އެ ހޮސްޕިޓަލަށް ވަރަށް ބޮޑެތި ޑިވެލޮޕްމަންޓްތަކެއް އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސީއީއޯ ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން ހަތަރު އޮޕަރޭޝަން ތިއޭޓަރާއި 14 އެނދުގެ އެންއައިސީޔޫއަކާއި ދިހަ އެނދުގެ އައިސީޔޫއެއް ތަރައްޤީކުރުމުގެ މަސައްކަތް ހިނގަމުން އަންނަކަމަށެވެ. އަދި މިއާއެކު އައިޖީއެމްއެޗަށް ބާރުބޮޑުވާ މައްސަލައަށް ހައްލެއް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ޚިދުމަތްތައް ލުއިފަސޭހަކޮށް، އަވަސްކޮށް ފޯރުކޮށްދިނުމަށް މުހިއްމު ބަދަލުތަކެއް މިސަރުކާރުން ގެންނަމުންދާކަން ފާހަގަ ކުރެވެއެވެ. އެގޮތުން އެ ހޮސްޕިޓަލް ހިމެނޭ ގޮތަށް ސަރުކާރުގެ އެހެން ހޮސްޕިޓަލުތަކުގެ ކިއު ދިގުވެ، ޑޮކްޓަރަށް ދެއްކުމަށް ހޭދަވާ ވަގުތު ކުޑަކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.
ސަރުކާރުން ވަނީ މާލޭގެ ހަތަރު ސަރަޙައްދެއްގައި ސަރުކާރުގެ ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ނުވަތަ އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް ކްލިނިކްތަކެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ފަށާފައިކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު