އެމްޕީއެލުން ދޭ ބައެއް ޚިދުމަތްތަކުން 30 ޕަސެންޓުގެ ސާޗާޖު އުވާލަން ނިންމައިފިއެވެ.
އެމްޕީއެލް އިން ނެރުނު އިއުލާނެއްގައި ބުނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 23:30 އިން ހެނދުނު 7:30 އާ ދެމެދު ދޭ ބައެއް ޚިދުމަތްތަކުން 30 ޕަސެންޓް ސާޗާޖު އުވާލަން ނިންމާފައިވާ ކަމަށެވެ.
ހަމައެއާއެކު އެ ދުވަހުން ފެށިގެން އެމްޕީއެލްގެ ބަނދަރުތަކުން ނަގާ ވޯފޭޖާއި ހޭންޑްލިން ޗާޖުތަކަށް ވެސް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ބަދަލާއި ގުޅިގެން އެ ކުންފުނީގެ ޢާމްދަނީއަށް ބަދަލުތަކެއް އައި ނަމަވެސް ޝިޕިން އޭޖެންޓުން، ވިޔަފާރިވެރިންގެ އަތުން އިތުރު ފީތައް ނެގުމަށް އޮތް ފުރުސަތު ހަނިވެގެން ދާނެ ކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ.
އެމްޕީއެލުން އުންމީދު ކުރަނީ މި ބަދަލުގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގު ހެޔޮވެގެން ދާނެ ކަމަށެވެ.

Notice of tariff changehttps://t.co/IYtCEXUK6i
— Maldives Ports Limited (@Portmv) September 4, 2020
ހަމައެއާއެކު އެ ދުވަހުން ފެށިގެން އެމްޕީއެލްގެ ބަނދަރުތަކުން ނަގާ ވޯފޭޖާއި ހޭންޑްލިން ޗާޖުތަކަށް ވެސް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ބަދަލާއި ގުޅިގެން އެ ކުންފުނީގެ ޢާމްދަނީއަށް ބަދަލުތަކެއް އައި ނަމަވެސް ޝިޕިން އޭޖެންޓުން، ވިޔަފާރިވެރިންގެ އަތުން އިތުރު ފީތައް ނެގުމަށް އޮތް ފުރުސަތު ހަނިވެގެން ދާނެ ކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ.
އެމްޕީއެލުން އުންމީދު ކުރަނީ މި ބަދަލުގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގު ހެޔޮވެގެން ދާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު