ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ
ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ
ޑޮލަރުގެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް ޤަބޫލުކުރައްވާ ކަމަށް ފޭދޫ ދާއިރާގެ ރައްޔިތުން މަޖިލިސް މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއި، ދަތުރުފަތުރު ހުއްޓިފައިވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ހީނަރުވުމާ ގުޅިގެން ޑޮލަރު ލިބުމަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. ޑޮލަރު ލިބުން ދަތިވުމާއެކު މިހާރު ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި ޑޮލަރުގެ ވަރަށް ބޮޑަށް އުފުލިފައިވާއިރު ކަޅު ބާޒާރުގައި މިހާރު ޑޮލަރުގެ އަގު ހުރީ 19 ރުފިޔާއަށް ވުރެ މަތީގައެވެ.

މިކަމާ ގުޅިގެން މެންބަރު ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑޮލަރުގެ މައްސަލައަށް ޙައްލެއް ބޭނުންވާ ކަން ޤަބޫލުކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ މަނިޓަރީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ ބޭރު ފައިސާ ލިބޭނެ އިތުރު ވިޔަފާރިތައް ތަޢާރަފުކޮށް ފުޅާކުރަން ޖެހޭ ކަމަށްވެސް ނިހާދު ވިދާޅުވިއެވެ. އޭގެ އިތުރަށް އިންވެސްޓުމެންޓު އިތުރުކުރަން ޖެހިފައިވާ ކަމަށް ވެސް ނިހާދު ފާހަގަކުރެއްވިއެވެ.

ބޭރުން މުދާ އެތެރެކުރުމުގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީވެސް މުހިއްމު ކަމެއް ކަމަށް ނިހާދު ވިދާޅުވިއެވެ. ޑޮލަރުގެ މައްސަލައަށް ޙައްލެއް ހޯދަން ޖެހިފައިވާ ކަމުގައި ނިހާދު ވިދާޅުވިއިރު މާލީ ވަޒީރު އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ ޑޮލަރުގެ ތާށިކަން ހައްލުކުރެއްވޭނެ ކަމަށެވެ. އެގޮތުން ބޭރުން ލިބޭ ލޯނުތައް ލިބުމުން ޑޮލަރުގެ އަގު ހިފެހެއްޓޭނެ ކަމުގެ ޔަޤީންކަން އަމީރުވަނީ ދެއްވާފައެވެ.

އަމީރު މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މިގޮތަށް ވިދާޅުވި ނަމަވެސް ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެންމެ ފަހުން ބުނެފައިވަނީ ދެން ޑޮލަރު ދޫކުރާނީ ހަމައެކަނި ޒަރޫރީ ބޭނުން ތަކަށް ބޭނުންވާ ސާމާނު ގަތުމަށް އެކަނި ކަމަށެވެ. އެގޮތުން މިހާރު ހުރި ޑޮލަރު ބޭނުން ކުރާނީ ކާބޯތަކެތި އެތެރެ ކުރުމާއި ބޭހާއި ސިއްހީ ވަސީލަތްތަކަށް ކަމުގައި މަރުކަޒީބޭންކުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން