މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންވެސް، ސައުދީ އަރަބިއްޔާގެ "މައްކާ ރޫޓް" އިނީޝިއޭޓިވްގެ ދަށުން ފުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
މި ޕްރޮގްރާމަކީ ޙައްޖުވެރިންނަށް އެއާޕޯޓާއި އިމިގްރޭޝަން މަރުހަލާތަކުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާ އިންތިޒާމެކެވެ. މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން، ޙައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަން މަރުހަލާތައް ރާއްޖޭގެ އެއާޕޯޓުގައި ތިބެގެން ނިންމާލެވޭނެއެވެ. މީގެ ސަބަބުން ޖިއްދާގެ އެއާޕޯޓަށް ފޭބުމަށްފަހު އިމިގްރޭޝަން ކިއޫތަކުގައި މަޑުކުރަން ނުޖެހި، ސީދާ ބަސްތަކުގައި ހޮޓަލަށް ދިއުމުގެ ފުރުސަތު ޙައްޖުވެރިންނަށް ލިބިގެންދާނެއެވެ. އަދި ޙައްޖުވެރިންގެ ފޮށިތައްވެސް އެއާޕޯޓުން ނަގަން ނުޖެހި، ސީދާ ހޮޓަލާ ހަމައަށް ގެންގޮސްދިނުމުގެ އިންތިޒާމު މި ޕްރޮގްރާމުގެ ދަށުން ހަމަޖެހިގެންދާނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މިއަހަރުގެ ޙައްޖު ދަތުރުގެ ތައްޔާރީތައް ބެލުމަށްޓަކައި ސައުދީ އަރަބިއްޔާގެ އެޑްވާންސް ޓީމެއް އަންނަ ހަފްތާގައި ރާއްޖެއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މައްކާ ރޫޓްގެ ފުރުސަތަކީ އާންމުގޮތެއްގައި އެއްފަހަރާ މަދުވެގެން ވިހިހާސް މީހުން ޙައްޖަށްދާ ގައުމުތަކަށް ދޭ ފުރުސަތެކެވެ. ނަމަވެސް، ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން، އަހަރަކު އެއްހާސް މީހުން ޙައްޖަށްދާ ރާއްޖެއަށް މިދިޔަ އަހަރުން ފެށިގެން ސައުދީ ސަރުކާރުން ވަނީ މި ފުރުސަތު ދީފައެވެ. ރާއްޖެއަކީ މި އިނީޝިއޭޓިވްގައި ހިމެނުނު އަށްވަނަ ގައުމެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ސައުދީ ވިޝަން 2030 ގެ ދަށުން 2018 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީ ގުޅިގެން ތަންފީޒު ކުރަމުންދާ މުހިންމު މަޝްރޫޢެކެވެ. މިއީ ޙައްޖުވެރިންގެ ދަތުރުފަތުރުގެ ކަންކަން ލުއިފަސޭހަކޮށްދީ، އަޅުކަމަށް ހޭދަކުރާ ވަގުތު އިތުރުކޮށްދިނުމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު