ޑޮނަލްޑް ޓްރަމްޕް، މެލާނިޔާ ޓްރަމްޕް އަދި ދަރިފުޅު ބަރޮން ޓްރަމްޕް
ޑޮނަލްޑް ޓްރަމްޕް، މެލާނިޔާ ޓްރަމްޕް އަދި ދަރިފުޅު ބަރޮން ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އަނބިކަނބަލުން، މެލާނިޔާ ޓްރަމްޕް ކޮވިޑް އަށް ޕޮޒިޓިވް ވުމަށް ފަހު، ދެން އެންމެ ގާތުން ކޮވިޑް އަށް ޕޮޒިޓިވްވި، މި ދެމަފިރިންގެ 14 އަހަރުގެ ދަރިފުޅު ބަރޮން ޓްރަމްޕް ޕޮޒިޓިވްވިކަން، ސިއްރުކޮށްފިއެވެ.



ބަރޮން ޓްރަމްޕް ޕޮޒިޓިވްވިކަން، ސިއްރުކޮށްފައިވާކަން ހާމަވެފައިވަނީ، އާއިލާގެ ހާލުކޮޅު ބަޔާން ކޮށްދެއްވަމުން އިއްޔެގެ ވަގުތެއްގައި މެލާނިޔާ ޓްރަމްޕް އާންމުކޮށްފައިވާ ބަޔާނެއްގައެވެ. މިބަޔާނުގައި، ދަރިފުޅު ބަރޮން ޓްރަމްޕް ޕޮޒިޓިވްވި ނަމަވެސް ހާލު ރަނގަޅުކަމަށް ފާހަގަ ކޮށްފައިވެއެވެ. އަދި ބަރޮން ޓްރަމްޕްގެ ފަރާތުން އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށާއި، އުމުރުގެ ގޮތުން ހަގުވީމާ އަލާމާތެއް ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެލާނިޔާ ޓްރަމްޕް ހާމަކުރަށްވާފައިވެއެވެ.

އަދި މި ބަޔާނުގަ، މެލާނިޔާ ޓްރަމްޕް އަދި ދަރިފުޅު ބަރޮން ޓްރަމްޕް ވެސް މިހާރު ކޮވިޑް އަށް ނެގަޓިވް ވެފައިވާކަން ހާމަކޮށްފައިވެއެވެ. ނަމަވެސް ޑޮނަލްޑް ޓްރަމްޕް އަދި މެލާނިޔާ ޓްރަމްޕް، ކޮވިޑަށް ޕޮޒިޓިވްވިކަން ހާމަކޮށްފައިވާއިރު، ދަރިފުޅު ބަރޮން ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވް ވިކަން މީގެ ކުރިން އާންމު ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން، މެލާނިޔާ ޓްރަމްޕްގެ ފަރާތުން ކޮވިޑްގެ އަލާމާތްތައް ފެނުނު ނަމަވެސް ހާލުބޮޑުނުވާކަމަށާއި، ވިޓަމިންސް އަދި ސިއްހަތަށްފައިދާ ހުރި ކާނާ ބޭނުން ކުރުމުން ބޭހެއް ބޭނުންކުރަން ނުޖެހުނު ކަމަށް ވެސް މެލާނިޔާގެ ބަޔާނުގައިވެއެވެ.

ޑޮނަލްޑް ޓްރަމްޕް ގެ ފަރާތުން، ކޮވިޑްގެ އަލާމާތްތައްފެނި، އެމެރިކާގެ އަސްކަރީ ހަސްފަތާލަކުން ފަރުވާ ހޯއްދަވާފައި ވީނަމަވެސް، ޓްރަމްޕް ވަނީ މިދިޔަ ހަފުތާގައި ކޮވިޑް ބަލިން ސަލާމަތްވެވަޑައިގެންނެވި ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސްކަމުގެ އިންތިހާބުގެ ކެމްޕޭނުތަކުގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގަންނަވަން ފަށްޓަވާފައެވެ.

ޑޮނަލްޑް ޓްރަމްޕް އަދި މެލާނިޔާ ޓްރަމްޕް، ކޮވިޑް އަށް ޕޮޒިޓިވްވިކަން ހާމަކޮށްފައި ވީނަމަވެސް ދަރިފުޅު ބަރޮން ޓްރަމްޕް ބަލިން ރަނގަޅުވި ފަހުން ކޮވިޑަށް ޕޮޒިޓިވް ވިކަން އާންމު ކޮށްފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން