1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށްޓަކައި، ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާ ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ މެންބަރުން މިއަދު ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
މި މިޝަންގެ މައިގަނޑު މަގުސަދަކީ ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާ މިނިސްޓްރީއާއި އެ ގައުމުގެ ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ. މިގޮތުން، ޙައްޖު މޫސުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައްކާގައި ޤާއިމުކުރާ ދިވެހި ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިއަކަށް ހަމަޖައްސަވާފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްޠިޠާޢު ޢައްބާސްއެވެ. އަދި މިއަހަރުގެ ޙައްޖުވެރިންގެ އިސް ޝައިޚެއްގެ ގޮތުގައި ވަޑައިގަންނަވާނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިނެވެ.
ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ޙައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމަށް އެކުލަވާލާފައިވާ މި މިޝަންގައި އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނެއެވެ. އޭގެ ތެރޭގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ބޭފުޅުންނާއި، ޙައްޖު ކޯޕަރޭޝަން ތަމްސީލް ކުރައްވާ ބޭފުޅުންނާއި، ދީނީ ޢިލްމުވެރިންގެ އިތުރުން ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް) ގެ މަންދޫބަކު ހިމެނެއެވެ.
ދިވެހި ޙައްޖުވެރިން ސަޢުދީއަށް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހުއެވެ. މި ދަތުރުތައް ކުރިއަށްދާނީ މޯލްޑިވިއަން އާއި ސައުދީ އެއަރލައިންގެ ފްލައިޓްތަކުގައި ހަތަރު ދުވަހަކަށް ބަހާލައިގެންނެވެ. ޙައްޖުވެރިންނާ ގުޅޭ އެންމެހާ އިންތިޒާމުތައް މިހާރު ފުރިހަމަކޮށްފައިވާކަމަށް ސަރުކާރުން މަޢުލޫމާތު ދެއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ޙައްޖު ދުވަހަކީ މި މަހުގެ 26 ވަނަ ދުވަހެވެ. ޙައްޖުވެރިން މައްކާގައި ޖުމްލަ 21 ދުވަސް ހޭދަކުރާނެއެވެ. ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު، ޙައްޖާޖީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 5 އިން 9 އާ ދެމެދުގެ ތާރީޚުތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު