މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގެ ކުލި ކައުންސިލަށް ދައްކަންޖެހޭ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން، މޭޔަރު ޝިފާ ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަންތަނުގެ ކުލި މީރާއަށް ދައްކަން ޖެހޭ ގޮތަށް އޮތް އޮތުމަށް ބަދަލު ގެނަސް އެފައިސާ ސީދާ މާލޭސިޓީއަށް ދައްކަންޖެހޭ ގޮތަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން "ބަނޑޭރި ޕޯޓަލް" މެދުވެރިކޮށް މިހާރުވެސް ބައެއް ތަންތަނުގެ ކުލި ބަލައިގަންނަމުން އަންނަ ކަމަށް ޝިފާ ވިދާޅުވިއެވެ.
މާލޭ ސިޓީގެ ތަންތަން ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާ ހަމައެކަނި ސިޓީ ކައުންސިލަށް ދައްކަންޖެހޭ ގޮތަށް ބަދަލުކުރުމުން މީރާއިން ކުރިން ބަލައިގަންނަމުން ދިޔަ ދިހަ ބާވަތެއްގެ ކުލީގެ ފައިސާ ސިޓީ ކައުންސިލުން ބަލައިގަންނަ ގޮތަށް ހަމަޖެހިގެންދާނެއެވެ.
މާލޭ ސިޓީކައުންސިލުން މިގޮތަށް ހަމަޖައްސަން މަސައްކަތް ކުރަމުންދާއިރު ސަރުކާރުން ކުރިން ބުނެފައިވަނީ ސަރުކާރަށް ދައްކަން ޖެހޭ ފައިސާ އެކި ތަންތަނުން ބަލައިގަތުމުގެ ބަދަލުގައި މީރާ މެދުވެރިކޮށް ދެއްކޭނެ ނިޒާމު ހަމަޖެއްސުމަށް ވިސްނުން ގެގުޅޭ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލަކީ މިހާރުވެސް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވުމުން އަންނަ ގިނަ ބައެއްގެ އިތުބާރު ގެއްލިފައިވާ އިދާރާއަކަށް ވާއިރު މީރާއަށް ދައްކަމުން އައި ފީތަކެއް ސީދާ މާލޭ ސިޓީ ކައުންސިލަށް ދައްކާގޮތަށް ހަމަޖެއްސުމަކީ ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާވެސް ފުށުއަރާކަމެއްކަން ފާހަގަކޮށްލެވެއެވެ.
ޝިފާ ވިދާޅުވީ، މާލެ އާއި ވިލިމާލޭގައި ހުރި ހުސްބިންތައް ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާ ސިޓީ ކައުންސިލަށް ދައްކަން ޖެހޭގޮތަށް މިހާރުވެސް ހަމަޖައްސާފައި ވާނެ ކަމަށާއި، "ބަނޑޭރި ޕޯޓަލް" އިން މިހާރު އެފައިސާ ދެއްކޭނެ ކަމަށެވެ. އަދި މަސައްކަތް ކުރަމުން ގެންދަނީ އިތުރު ތަންތަނުގެ ފައިސާވެސް ސިޓީކައުންސިލަށް ބަލައިގަނެވޭ ގޮތަށް ބަދަލު ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު