އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޢު (ވ)
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޢު (ވ)
ކުދި އާބާދީތަކުގެ ޙައްޤު ޙިމާޔަތްކޮށް މިސަރުކާރުން ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

ހއ.މޮޅަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޙިއްސާ ކުރަށްވައި މެމްބަރު ޝިފާއު ވިދާޅުވީ، މިސަރުކާރުން ވަކި ރަށަކަށް ވީތީ އެރަށެއް ބާކީ ނުކުރާނެ ކަމަށެވެ. އަދި ރައްޔިތުން ރަށުބަންދުން ވީއްލުމަށް ސަރުކާރުން ކުރާ މަސައްކަތާމެދު ރައްޔިތުންގެ ހިތުގައި އުފެދިފައިވަނީ ޝުކުރުވެރިކަމުގެ ޝުޢޫރުތައް ކަމަށް ޝިފާޢު ވިދާޅުވިއެވެ.

"މޮޅަދޫ ރައްޔިތުންގެ ހިތުގައި މިއަދު އުފެދޭ ޝުކުރުވެރި ޖަޒުބާތަކީ މިސަރުކާރުން އިޙުލާސްތެރިކަމާއެކު މޮޅަދޫރައްޔިތުން ރަށުބަންދުން ފިލުވުމަށް ބަނދަރުގެ މަސައްކަތް ބާރައްކުރިއަށް ގެންދާތީ އުފެދޭ ޝުޢޫރެއް. މިސަރުކާރުން މޮޅަދޫ ބާކީ ނުކުރާނެ." މެމްބަރު ޝިފާޢު ވިދާޅުވިއެވެ.



ހއ.މޮޅަދޫ ބަނދަރުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގަ އެވެ. ދައުލަތުގެ ބަޖެޓުން 26 މިލިއަންރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ މޮޅަދޫ ބަނދަރުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައވެޓް ލިމިޓެޑާއެވެ. އެއްއަހަރު ދުވަހުގެ ތެރޭގައި މިމަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވާއިރު މިމަޝްރޫޢުގެ ދަށުން މޮޅަދޫގައި 24700 ކިއުބިކް މީޓަރަށް ބަނދަރު ފުންކޮށްފައިވެއެވެ. އަދި 232 މީޓަރުގެ ބޭރު ތޮއްޓަކާއި 42 މީޓަރުގެ ރިވެޓްމެންޓެއް ވެސް ވަނީ ޖަހާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން